މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ ފެން ބިލާއި ހަވާލުވާނެ ބަޔަކު ނުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މަޖީދީމަގު، ހުދުމާ ފިހާރަ ކައިރި ހުންނަ ޒިކުރާ މިސްކިތުގެ ފެނުގެ ޚިދުމަތް މިއަދު ކަނޑާލީ ފެން ބިލް ނުދައްކާތީއެވެ.

މާލެގައި ހުންނަ މިސްކިތްތައް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނައިރު، ސިޓީ ކައުންސިލުން ބުނީ ޒިކުރާ މިސްކިތުގެ ކަރަންޓް ބިލަކީ އެ ކައުންސިލުގެ ޒިންމާގެ ދަށުގައި އޮތް ބިލެއް ނޫންކަމަށެވެ. އަދި ޒިކުރާ މިސްކިތަށް ފެނުގެ ޚިދުމަތް ދިނުމަށްލާފައިވާ މީޓަރަކީ އިސްލާމިކް މިނިސްޓްރީން ބިލް ދައްކާ މީޓަރެއް ކަމަށެވެ.

ޒިކުރާ މިސްކިތުގެ ފެން މީޓަރަކީ އިސްލާމިކް މިނިސްޓްރީން ބިލް ދައްކާ މީޓަރެއްކަމަށް ސިޓީ ކައުންސިލުން ބުނިނަމަވެސް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތުދެމުން ވިދާޅުވީ، މިސްކިތްތަކުގެ ފެނުގެ ކަންކަން ބަލަހައްޓާނީ މާލޭސިޓީ ކައުންސިލުން ކަމަށެވެ. ނަމަވެސް ފެން ބިލާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޒިކުރާ މިސްކިތުގެ ފެން ބިލު ނުދައްކައިގެން ފެން ކަނޑާލާފައިވާއިރު ނުދައްކާ އޮތީ ކިތައް މަހުގެ ފެން ބިލް ކަމެއް ނޭނގެއެވެ. އަދި އެ ބިލުތަކަށް ކިހާ އަދަދެއްގެ ފައިސާއެއް އަރާފައިވާކަންވެސް ޔަގީނެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު