އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން އައްޔަންކޮށްފިއެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އައްޔަންކޮށްފައިވަނީ އެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވިތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަޖިލީހެކެވެ. އެއީ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ.
އެ މަޖިލީހުގެ 4 މެމްބަރެއްގެ ދައުރު ހަމަވެގެން 2 އަހަރުވީއިރު، މިހާތަނަށް އެ މަޖިލީހުގައި އިންނެވީ އެ މަޖިލީހުގެ ރައީސް ޑރ.މުހައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން މުހައްމަދު ވިދާޅުވީ، ފަތުވާ މަޖިލިހަށް ހަތަރު މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އައްޔަން ކުރައްވާފައިވާ ކަމަށާއި އަދި އެ މަޖިލީހުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އެގޮތިން މި ކޮމިޓީއަށް އަލަށް އައްޔަންކުރެއްވި 3 ބޭފުޅުންނަކީ، ޑރ.އަބްދުސައްތާރް އަބްދުއްރަހްމާން އަދ ޑރ.އިބްރާޙިމް ޒަކަރިއްޔާ މޫސާ އަދި ޝައިޚް އިލްޔާސް ޙުސައިންއެވެ.
ފަތުވާ މަޖިލިސް އެކުލެވިގެންވަނީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަންކުރާ މެމްބަރެއް، ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ރުހުމާއެކު ރައީސް އައްޔަންކުރާ މެމްބަރެއް އަދި ރައީސް އައްޔަން ކުރައްވާ ތިން މެމްބަރުންނެވެ. އެެހެންކަމުން ކޮމިޓީއަށް ދެން އައްޔަންކުރައްވަންޖެހޭނީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަންކުރާ މެމްބަރެކެވެ.
ފަތުވާ މަޖިލީހަށް މައްސަލަތަކުގައި ފަތުވާ ނެރެވޭނީ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.
"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"އަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ދަށުން ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި މަޖިލީހެކެވެ.

ކިޔުންތެރިންގެ ހިޔާލު