އާދީއްތަދުވަހާއި ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ އިއްޔެކަމަށާއި މެދު ރާއްޖެތެރެއަށް ހުޅަނގު މޫސުން ފެށިފައިވަނީ މިއަދު ކަމަށެވެ. އަދި މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށާނެކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ބަލަނީ މެއި މަސް ފެށުނު ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މިހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމާއި، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައިޖެހުމުން ވެސް ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ ކަމަށް މޫސުމަބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މެޓު އޮފީހުން ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން، މިއަދުން ފެށިގެން އަންނަ އާދިއްތަދުވަހާއި ހަމައަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުގައި އާއްމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މޫސުން ރަނގަޅުވާނެކަމަށް ބެލެވެނީ އަންނަ އަންގާރަ ދުވަހުން ފެށިގެންކަމަށެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ ސަރަހައްދަށް ކުރަމުން ދާތީވެ މޫސުމަށް ސަމާލުވުމަށް ދަންނަވަން. pic.twitter.com/iS9duLKaD1
— Maldives Meteorology (@MetMaldives) May 4, 2023
ހުޅަނގު މޫސުން ފެށުނު ކަމަށް ބަލަނީ މެއި މަސް ފެށުނު ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މިހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމާއި، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައިޖެހުމުން ވެސް ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ ކަމަށް މޫސުމަބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މެޓު އޮފީހުން ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން، މިއަދުން ފެށިގެން އަންނަ އާދިއްތަދުވަހާއި ހަމައަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުގައި އާއްމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މޫސުން ރަނގަޅުވާނެކަމަށް ބެލެވެނީ އަންނަ އަންގާރަ ދުވަހުން ފެށިގެންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު