މާލެއަށް ރެއިން ފެށިގެން ކުރަން ފެށި ވިއްސާރައާއެކު ސްޓެލްކޯގެ ކަރަންޓް ލޯޑު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.
މާލެއާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށް ވިއްސާރަވެހެން ފަށާފައި މިވަނީ މާޗުމަހާއި އޭޕްރިލްމަހު ވަރަށް ބޮޑަށް ހޫނުގަދަވުމަށްފަހުއެެވެ.
ހޫނުގަދަވުމުގެ ސަބަބުން ގޭގޭގައި ފިނިކުރަން ބޭނުންކުރާ އާލާތްތަކަށް ހިނގާ ކަރަންޓްވެސް އިތުރު، ކަރަންޓް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވާރޭވެހެން ފެށުމާއެކު ސްޓެލްކޯގެ ކަރަންޓް ލޯޑަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ.
އެގޮތުން އިއްޔެ މެންދުރުފަހު 3:00 އާއި މިއަދުގެ މެންދުރުފަހު 3:00އާ ދެމެދު ހުރި ތަފާތު ވަރަށް ބޮޑުކަން ޝަރީފް ފާހަގަކުރެއްވިއެެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ ޖުމްލަ ކަރަންޓް ލޯޑު އިއްޔެ 93026 ގައި ހުރިއިރު، މިއަދު އެ އަދަދު ހުރީ 74727 އަށް ދަށްވެފައެވެ.
މާލެއަށް ވަކިން ބަލާއިރު، އިއްޔެ ލޯޑް ހުރީ 66051ގައެވެ. އަދި މިއަދު ހުރީ 53343 ގައެވެ. ހުޅުމާލެއަށް ވަކިން ބަލާއިރު، އިއްޔެ ލޯޑް ހުރީ 23458 ގައެވެ. އަދި މިއަދު ހުރީ 18843 ގައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އާއްމުކުރެއްވި މައުލޫމާތުގައިވާގޮތުން ވިއްސާރައިގެ ކުރިން ކަރަންޓް ބޭނުންކުރި މިންވަރު ވަނީ ވިއްސާރަވުމަށްފަހު 19 އިންސައްތަ ދަށްވެފައެވެ.
ސްޓެލްކޯއިން ވަނީ މީގެކުރިންވެސް ހޫނުގަދަވުމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާނެތީ އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެވެސް މާޗު އަދި އޭޕްރީލްމަހަކީ ހޫނުގަދަ ދުވަސްވަރެކެވެ. އަދި އެ ދުވަސްވަރު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ، ކަަރަންްޓްގެ ހަރަދުވެސް އިތުރުވެއެވެ.

Iyye 1500 hrs load huri goi
— Ahmed Shareef (@ShareefRangondi) May 4, 2023
Male : 66051
Hulhumale : 23458
Total load : 93026
Miadhu 1500hrs ge load
Male’ : 53343
Hulhumale: 18843
Total: 74727
Thafaathu andhaazaa kohlavaa
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވާރޭވެހެން ފެށުމާއެކު ސްޓެލްކޯގެ ކަރަންޓް ލޯޑަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ.
އެގޮތުން އިއްޔެ މެންދުރުފަހު 3:00 އާއި މިއަދުގެ މެންދުރުފަހު 3:00އާ ދެމެދު ހުރި ތަފާތު ވަރަށް ބޮޑުކަން ޝަރީފް ފާހަގަކުރެއްވިއެެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ ޖުމްލަ ކަރަންޓް ލޯޑު އިއްޔެ 93026 ގައި ހުރިއިރު، މިއަދު އެ އަދަދު ހުރީ 74727 އަށް ދަށްވެފައެވެ.
މާލެއަށް ވަކިން ބަލާއިރު، އިއްޔެ ލޯޑް ހުރީ 66051ގައެވެ. އަދި މިއަދު ހުރީ 53343 ގައެވެ. ހުޅުމާލެއަށް ވަކިން ބަލާއިރު، އިއްޔެ ލޯޑް ހުރީ 23458 ގައެވެ. އަދި މިއަދު ހުރީ 18843 ގައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އާއްމުކުރެއްވި މައުލޫމާތުގައިވާގޮތުން ވިއްސާރައިގެ ކުރިން ކަރަންޓް ބޭނުންކުރި މިންވަރު ވަނީ ވިއްސާރަވުމަށްފަހު 19 އިންސައްތަ ދަށްވެފައެވެ.
ސްޓެލްކޯއިން ވަނީ މީގެކުރިންވެސް ހޫނުގަދަވުމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާނެތީ އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެވެސް މާޗު އަދި އޭޕްރީލްމަހަކީ ހޫނުގަދަ ދުވަސްވަރެކެވެ. އަދި އެ ދުވަސްވަރު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ، ކަަރަންްޓްގެ ހަރަދުވެސް އިތުރުވެއެވެ.
ކިޔުންތެރިންގެ ހިޔާލު