ސަފާރީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވީ ރަސްގެތީމު ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު އިބްރާހިމެވެ.

އޭނާ މަރުވީ އިނގުރައިދޫ ފަޅުތެރެއަށް ވަންނަން އައި ސަފާރީއެއްގެ ބުރަފަތީގައި އޮޅިފައި އޮތް ވަލެއް ނެއްޓުމަށް މަސައްކަތްކުރުމުގެ ތެރޭގައެވެ.

މި ހާދިސާ ހިނގުމާއެކު ޒަހަމްވި މީހާ ވަނީ އިނގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންތޯ ނުވަތަ ގެންދިޔައިރުވެސް މަރުވެފައިވޭތޯ ކަށަވަރެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވީ އޭނާގެ ބޮލުގައި ބުރަފަތިން ޖެހިގެނެވެ.



ކިޔުންތެރިންގެ ހިޔާލު