ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށެް ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރުގެ ބަންޑާރަ ނައިބް ކަމުގައި ޗާގޯސް މައްސަލައިގައި އަމަލުކުރެެއްވި ގޮތާއި މެދު ސުވާލުކުރުމުން ވަރަށް ބޮޑަށް ރުޅިއިސްކުރަށްވައި އެސުވާލަށް ޖަވާބު ދެއްވަން ފަސްޖެހިވަޑައިގެންފިއެވެ.
ޗާގޮސްގެ މައްސަލައިގައި، ކުރީގެ ބަންޑާރަ ނައިބުންނާއި، ކުރީގެ ބައެއް ވަޒީރުންނާއި، ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނާއެކު މިއަދު ހަވީރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވާފައެވެ. މިބައްދަލުވުމަށް ދައުވަތު ދެއްވައި ލީޑް ކުރެއްވީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުނައްވަރެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށެެވެ. އެހެންކަމުން މީގެ ކުރިން ދުވަހަކު ވެސް އެތަން ހޯދުމަށް ވަކާލާތު ކުރަށްވާފައި ނެތް ކަމަށް ޑރ.މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ އޭނާ އަބަދުވެސް ވަކާލާތު ކުރައްވަމުން އައީ 200 މޭލުގެ ކަނޑުގެ ސަރަހައްދަކަށް ކަމަށެވެ. ޗާގޮސްއަށް ދައުވާ ކުރުމުގެ ވާހަކަ މިހާރު މާ ބޮޑަށް ދައްކަނީ ރާއްޖެ މޮރިޝަޝް ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލައާއި ގުޅިގެން ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.މުނައްވަރު ވިދާޅުވީ ކަނޑުގެ ގާނޫނުގައި ރާއްޖޭގެ ސަރަހައްދު ކަމަށް ލިޔެފައިވަނީ ރާއްޖޭގެ އާކިޕެލޮޖިކް ސަރަހައްދުން ބޭސްލައިންގެ ގޮތުގައި 12 މޭލު އަދި ދެ ކަނޑު ގުޅުވައިދޭ ސަރަހައްދުން 24 މޭލުގެ ބޭސްލައިނުން ފެށިގެން 200 މޭލަކީ ރާއްޖޭގެ އީއީޒެޑް ކަމަށެވެ. އެ ގާނޫނުގެ ދަށުން ފުށުއަރާ ހަމައެކަނި ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާއާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
އެކަން ހައްލު ކުރުމަށްޓަކައި އެއްވެސް ދައުލަތެއްގެ ސަރަހައްދަކާ ދިވެހިރާއްޖޭގެ ސަރަހައްދު ފުށުއަރާ ނަމަ އެ ގައުމަކާ ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް ދާން ގާނޫނުން ހުރަހެއް ނާޅާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑަނާޅާ ކަމަށް ބުނުމަކީ ބުހުތާނު ދޮގެއް ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު އޮތީ މާ ކުރިން ކަނޑައަޅާފައި ކަމަށް މުނައްވަރު ވިދާޅުވިއެވެެ.
މުނައްވަރު ވިދާޅުވީ މި ސަރުކާރުން އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގަސްތުގައި ދޫކޮށްލައިގެން ކަމަށެވެ. ރައީސްގެ ސިޓީއެއް މޮރިޝަސްއަށް ފޮނުވައިގެން ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، އަދި ރައްޔިތުންނަށްވެސް ވަގަށް އެކަން ކޮށްފައިވާތީ، މިއީ ދިވެހި ރައްޔިތުންގެ ފަރާތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު