ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫނުކުރިނަމަ އިކުއިޑިސްޓަންސް ނުވަތަ ހަމަހަމަ އުސޫލަކުން ރާއްޖެއާއި ފޯޅަވައްސާއި ދޭތެރޭ އޮތް ސަރަހައްދު ބަހާކަށް ނުޖެހުނީސްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ޗާގޯސް މައްސަލައިގައި ކުރީގެ ބަންޑާރަ ނާއިބުންކަމަށްވާ އާޒިމާ ޝަކޫރު އަދި ޑރ. މުހައްމަދު މުނައްވަރާއި ބައެއް ޤާނޫނީ ވަކީލުން އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މި ޕްރެސް ކޮންފަރެންސްގައި އެ ބޭފުޅުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދަން ސަރުކާރުން މަސައްކަތްނުކުރައްވާކަމެވެ. އަދި އެކަމުގައި ހަގީގަތް އޮޅުވާލާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ޑރ. މުނައްވަރު ދެއްކެވި ވާހަކަފުޅަށް ޝުކުރު އަދާކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫނުކުރިނަމަ އިކުއިޑިސްޓަންސް ނުވަތަ ހަމަހަމަ އުސޫލަކުން ރާއްޖެއާއި ފޯޅަވައްސާއި ދޭތެރޭ އޮތް ސަރަހައްދު ބަހާކަށް ނުޖެހުނީސްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްކުރެއްވީ ފުށު އަރާ ސަރަހައްދުގެ ވާހަކަ ނުގެނެސް ބޯޑަރު ކަނޑައެޅުމަށް އެއްބަސްވުމެއް މޮރިޝަސްއާއެކު ހެދުމަށްކަމަށެވެ. އަދި އެކަމަށް މޮރިޝަސްއިން އެއްބަސްވެއްޖެނަމަ ޗާގޯސްގެ ސިޔާދަތީ ބާރުގެ ކަންކަމުގައި ދޫދުނިމަށް ސަރުކާރުން ވިސްނެވިކަމަށް 2008 އިން 2012 އަށް ރާއްޖޭގައި ވެރިކަންކުރެއްވި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ސަރުކާރުން މޮރިޝަސްގެ މައްޗަށް ދައުވާކުރެވެން އޮތް ސިޔާދަތީ ބާރު ދޫކޮށްލާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނިނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން ރާއްޖެއިން ޗާގޯސްއަށް ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރަކު ރާއްޖެއިން ދައުވާކޮށްފައިނުވާކަމަށެވެ. އަދި އެކަމުގެ ވާހަކަވެސް ރާއްޖެއިން ދައްކާފައި ނުވާކަމަށްވެސް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ބުނާގޮތުން ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް ދައުވާކުރަން ލިބުނު ފަހު ފުރުސަތު ގެއްލުވާލީ 2017 ވަނަ އަހަރު ކުރީގެ ސަރުކާރުންކަމަށެވެ.

Dr.Munawar ah varah bodah shukuriyya. Chagos ge siyadhathee baaru dhoo nukurinama equidistancekoh bahaakah nujeheyne.Alhugadu visnee bilateral agreementakun border kanda alhan adhi fushuara sarahadhuge vaahaka nugenes,Mauritius ebbas veema siyadhathee baaruge vaahakaiga dhoodheyn
— Mohamed Nasheed (@MohamedNasheed) May 3, 2023
ނަޝީދު ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫނުކުރިނަމަ އިކުއިޑިސްޓަންސް ނުވަތަ ހަމަހަމަ އުސޫލަކުން ރާއްޖެއާއި ފޯޅަވައްސާއި ދޭތެރޭ އޮތް ސަރަހައްދު ބަހާކަށް ނުޖެހުނީސްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްކުރެއްވީ ފުށު އަރާ ސަރަހައްދުގެ ވާހަކަ ނުގެނެސް ބޯޑަރު ކަނޑައެޅުމަށް އެއްބަސްވުމެއް މޮރިޝަސްއާއެކު ހެދުމަށްކަމަށެވެ. އަދި އެކަމަށް މޮރިޝަސްއިން އެއްބަސްވެއްޖެނަމަ ޗާގޯސްގެ ސިޔާދަތީ ބާރުގެ ކަންކަމުގައި ދޫދުނިމަށް ސަރުކާރުން ވިސްނެވިކަމަށް 2008 އިން 2012 އަށް ރާއްޖޭގައި ވެރިކަންކުރެއްވި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ސަރުކާރުން މޮރިޝަސްގެ މައްޗަށް ދައުވާކުރެވެން އޮތް ސިޔާދަތީ ބާރު ދޫކޮށްލާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނިނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން ރާއްޖެއިން ޗާގޯސްއަށް ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރަކު ރާއްޖެއިން ދައުވާކޮށްފައިނުވާކަމަށެވެ. އަދި އެކަމުގެ ވާހަކަވެސް ރާއްޖެއިން ދައްކާފައި ނުވާކަމަށްވެސް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ބުނާގޮތުން ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް ދައުވާކުރަން ލިބުނު ފަހު ފުރުސަތު ގެއްލުވާލީ 2017 ވަނަ އަހަރު ކުރީގެ ސަރުކާރުންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު