ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ދިން ހަމަލާގެ ފުރިހަމަ ތަހުޤީގެއް ހިންގެވުުމަށް ރައްޔިތުންގެ މަޖިލީހުން ގޮވާލައިފިއެވެ.
މެމްބަރު ޒަރީރަށް އާދީއްދަދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިން ހަމަލައާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނުގައި ވަނީ މެމްބަރު ޒަރީރަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މަޖިލީހުގެ ބަޔާނުގައި ވަނީ އެ މައްސަލަ ފުރިހަމަގޮތެއްގައި ތަޙްޤީގުކުރުމަށް ގޮވާލާފައެވެ. އަދި މިހާރުވެސް މެމްބަރު ޒަރީރަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުންދާކަންވެސް މަޖިލީހުން ފާހަގަކޮށްފައި ވެއެވެ.
މެންބަރު ޒަރީރަށް ބަޔަކު ޙަމަލާދީފައިވަނީ ބުރުޒު މަގުގައި ހުންނަ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް އާދީއްތަ ދުވަހުގެރޭ ފަތިހު 5:08 ހާއިރުއެވެ. އަދި އެ ހަމަލާ އަމާޒުވީ މެމްބަރު ޒަރީރުގެ ބޮލަށް ކަމަށް ވަނީ މައުލޫމާތު ލިިބިފައިވެއެވެ.
މެމްބަރު ޒަރީރަށް ދިން ހަމަލާ ފުލުހުން ދަނީ ތަހުޤީޤްކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މެންބަރު ޒަރީރަށް ދިން ޙަމަލާ އެމްޑީޕީންވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު