ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ގދ.ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ލެޕްރޯސްކޮޕިކް ސާޖަރީގެ ޚިދުމަތާއި އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތް ފަށައިފިއެވެ.
ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ވަނީ އަތޮޅުތެރޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޒަމާނީ ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ގދ. ތިނަދޫއަށް 2019 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގައި ރައީސް ސާލިހު ވަނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް އިތުރު ވަޞީލަތްތައް ޤާއިމުކޮށް އެ ހޮސްޕިޓަލް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތުގެ ދަށުން ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރެވޭއިރު އިންސާނީ ވަޞީލަތްތަކާއި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތައް އިތުރުކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި މިހާރުހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް، ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަށް އެންމެފަހުން އިތުރުވެގެންދިޔައީ، ތިނަދޫގައި އަލަށް ފެށި ސިއްހީ ހިދުމަތްތަކެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ވަނީ ލެޕްރޯސްކޮޕިކް ސާޖަރީއާއި އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތް މިއަދު ފަށާފައެވެ.
ލެޕްރޯސްކޮޕިކް ސާޖަރީއަކީ ބަނޑު ކަފާ ނުލައި، ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކުރާ ސަރޖަރީއެކެވެ. އަދި އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތަކީ ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން އަވަހަށް ފަސޭހަކުރުމަށް ދެވޭ ފަރުވާއެކެވެ.
ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިއަދު ފުރަތަމަ ފަހަރަށް ލެޕްރޯސްކޮޕިކް ސާރޖަރީއެއް ހަދާފައިވާއިރު އެ ސާޖަރީ ހަދާފައިވަނީ އުމުރުން 26 އަހަރުގެ އަންހެނެއްގެއެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އޭނާގެ އިތުރުން އިތުރު 2 މީހެއްގެ ސާޖަރީވެސް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.
ތިނަދޫ ހޮސްޕިޓަލަށް މިވަގުތު ޒިޔާރަތްކުރައްވަމުންދާ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން އެނބުރި މާލެ އަންނަނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތިއޭޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމަށް ފަހުއެވެ.
ލެޕްރޯސްކޮޕިކް ސާޖަރީގެ ސަބަބުން ބަނޑު ފަޅައިގެން އޮޕަރޭޝަންކުރުމުގެ ބަދަލުގައި ކުދިކުދި އޮޕަރޭޝަންތައް ކުދިކުދި ލޯވަޅުތަކެއް އަޅައިގެން ކުރެވޭނެއެވެ. އެކަމުގެ ސަބަބުން ބަލި މީހާއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ބަލިމީހާގެ އަތުންދާ ޚަރަދު ކުޑަވެ ހޮސްޕިޓަލްގައި ހޭދަކުރަންޖެހޭ މުއްދަތުވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
ލެޕްރޯސްކޮޕިކް ސަރޖަރީގެ އިތުރުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެޑްވާންސް ވޫންޑް ކެއާގެ ޚިދުމަތްވެސް މިއަދު ވަނީ ފަށާފައެވެ. އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތަކީ ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން އަވަހަށް ފަސޭހަކުރުމުގެ ފަރުވާއެކެވެ.
މި ހިދުމަތްތަކުގެ އިތުރުން ކެމެރާ ލައްވައިގެން ކުރަންޖެހޭ އަންހެނުންގެ ޚާއްޞަ އޮޕަރޭޝަންތަކާއި ހުޅުތެރެއަށް ކެމެރާ ލައްވައިގެން ކުރަމުންދާ ކަށީގެ އޮޕަރޭޝަންތައް ފެށުމަށްވެސް ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އަންނަނީ ތައްޔާރުވަމުންނެވެ.
7500 މީހުންގެ އާބާދީއެއް އޮންނަ ތިނަދޫގައި ޤާއިމްކޮށްފައިވާ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ފެށީ 2000 ވަނަ އަހަރުއެވެ. ތިނަދޫ މީހުންގެ އިތުރުން، އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދައެވެ.

ކިޔުންތެރިންގެ ހިޔާލު