ފްރާންސްގެ ޕެރިސް ސެއިންޓްޖަމަން، ޕީއެސްޖީން އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ސަސްޕެންޑްކޮށްފިއެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެސީ ސަސްޕެންޑްކުރީ ހުއްދަ ނުނަގައި ސައުދީ އަރަބިއްޔާއަށް ދިއުމުންނެވެ.
އާދިއްތަ ދުވަހު ލީގު މެޗުގައި އަމިއްލަ ދަނޑުގައި ލޮރޭންޓޭ އަތުން 3-1 އިން ބަލިވި މެޗަށްފަހު މެސީ ސައުދީ އަރަބިއްޔާގެ ރިޔާޟަށް ގޮސްފައިވަނީ ސައުދީ އަރަބިއްޔާގެ ޓުއަރިޒަމް އެމްބެސެޑަރުގެ ހައިސިއްޔަތުންނެވެ.
ހަބަރުތައް ބުނާގޮތުން މެސީ ވަނީ ސައުދީ އަރަބިއްޔާއަށް ދާން ޕީއެސްޖީގެ ހުއްދައަށްވެސް އެދިފައެވެ. ނަމަވެސް ޕީއެސްޖީން ހުއްދަ ދީފައެއް ނުވެއެވެ.
މި ދަތުރާއި ގުޅިގެން މެސީ ސަސްޕެންޑްކޮށްފައިވަނީ 2 ހަފްތާއަށެވެ. އަދި އެ މުއްދަތުގައި މެޗުތައް ނުކުޅެވުމުގެ އިތުރުން، ޓްރެއިނިންގައިވެސް މެސީއަށް ބައިވެރިއެއް ނުވެވޭނެއެވެ.
ހަބަރުތައް ބުނާގޮތުން ކްލަބަށްވުރެ އަމިއްލަ މަސައްކަތަށް މެސީ އިސްކަންދޭކަމަށް ބުނެ ޕީއެސްޖީގެ މެނޭޖްމަންޓް އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެނެވެ. އަނެއްކޮޅުން މެސީ ސަސްޕެންޑްކޮށްފައި މިވަނީ ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތަކެއް ހިނގަމުން ދަނިކޮށެވެ. ނަމަވެސް މިހާތަނަށް އައިރުވެސް ޖޫންމަހަށް ހަމަވާ ކޮންޓްރެކްޓް އާ ކުރަން އޭނާ އެއްބަސްވެފައެއް ނުވެއެވެ.
މެސީ ހޯދަން އޭނާގެ ކުރީގެ ކްލަބް ބާސެލޯނާއިން މަސައްކަތް ކުރަމުންދާއިރު ސައުދީ އަރަބިއްޔާގެ އެންމެ މުއްސަނދި އެއް ކްލަބުންވެސް ވަނީ މެސީއަށް ދުވާލަކަށް މިލިއަނަކަށްވުރެ ގިނަ ޑޮލަރު ލިބޭ ޑީލެއް ހުށަހަޅާފައެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ބުނާގޮތުން މެސީ ބޭނުންވަނީ ޔޫރަޕްގައި ކުޅުން ކުރިއަށްގެންދާށެވެ.
މެސީއާއެކު މަލްޓި މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާ ސައުދީ އަރަބިއްޔާއިން ދަނީ ޓޫރިޒަމް ފުޅާކުރުމަށް 2030 ވަނަ އަހަރުގެ ވޯލްޑްކަޕް އެ ގައުމުގައި ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު