ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ހުށަހެޅި ޝަރުތުތުތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމު މިހާރުވެސް އޮތް ގޮތަށް ރިޔާސީ ނިޒާމުގައި ބާއްވާނެ ކަމުގެ ޔަގީންކަން ދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި އެމްއާރްއެމްއަކީ ވެރިކަން ކުރާ ކޯލިޝަންގައި އެމްޑީޕީއާއެކު މިހާރުވެސް ހިމެނޭ ޕާޓީ އެކެވެ.

އެމްއާރުއެމުން ބުނީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމުމަށް އެޕާޓީގެ އޮފީހުގައި ރޭ ވަނީ ރަސްމީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފަައި ކަމަށެވެ. މިބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ އެޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫނެވެ. އެމްޑީޕީގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.



އެމްއާރުއެމުން ބުނިގޮތުގައި ރޭގެ މަޝްވަރާތަކުގައި އެޕާޓީން ވަނީ މައިގަނޑު ފަސް ހުށަހެޅުމެއް އެމްޑީޕީއަށް ހުށަހަޅާފަ އެވެ.

އެމްއާރްއެމްގެ ހުށަހެޅި ކަންތައްތައް؛

1- ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މަޢުލޫމާތަށް އެދުން.

2- ދިވެހި ރައްޔިތުންގެ މަސްލަޙަތާއި އެމް.އާރް.އެމްގެ އުޞޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުން.

3- ކޯލިޝަން އެއްބަސްވުމަށް އިޙްތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް ޢަމަލު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.

4- ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.

5- ދިވެހިރާއްޖޭގެ ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން.

އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްއާރްއެމުން ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުގައި ބޭއްވުމަށް ހުށައަޅާފައިވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގައި އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ މި ސަރުކާރު ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން މަޝްހޫރު ވިޔަފާރަވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދުގެ އެމްޑީއޭ އިންނެެވެ.



ކިޔުންތެރިންގެ ހިޔާލު