ކޮވިޑް-19 އަށް ޕޮޒިޓިވްވި 38 މީހަކަށް އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި 194 މީހަކު ރާއްޖެއިން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގަ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 105 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުން ކަަމަށެވެ. މީގެ އިތުރުން މި ދިޔަ ހަފުތާގައި އަތޮޅުތެރެއިން 42 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 47 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19 އަށް މުޅި ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ހުރީ 186،435 ގައެވެ. އެ ބަލީގައި 313 މީހަކު ރާއްޖެއިން މިހާރު ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު