ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދެެއްވާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޗާގޮސް މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސާލިޙު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ހާމަކުރުމާއި ގުޅިގެންނެވެެ. އެކަމާ ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައީސް ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެެއްވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ރޯ ބުހުތާނު ދޮގު ވާހަކަތަށް ކަމަށެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކުން ވެރިކަމުގައި ތިބިއިރު ޗާގޮސް އަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ދައުވާ ކޮށްފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ޗާގޮސް މައްސަލަ ބޮޑުކޮށްލައިގެން އިދިކޮޅުން ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި އެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.



"އެއީ ރައްޔިތުން ރުޅިއަރުވަން އިދިކޮޅު ފަރާތްތަކުން ކައްކާ ގޭސްގަނޑެެއް، މިދިޔަ 500 އަހަރު ތެރޭގަައި ވެސް ޗާގޮސް އަކީ ރާއްޖޭގެ ސަރަހައްދެއްް ނޫން، ރާއްޖޭގެ ސިޔާދަތީ ބާރު އޮތްތަނެއް ވެސް ނޫން، ދިވެހިން ދިރިއުޅުނު ތަނެއް ވެސް ނޫން،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރާއްޖެ މޮރިޝަޝް އިމުގެ މައްސަލަ ނިމިފައިވަނީ ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް ކަމަށް އިދިކޮޅު ފަރާތްތަކަށް އެނގޭ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ފިތުނަކޮށް ގައުމު ހަލަބޮލިކޮށް ހަމަނުޖެހުން ހިންގުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ޕީޕީއެމާއި ޖޭޕީއާއި އެމްއާރްއެމާއި ފިކުރެއްގެ ދިރުން އަދި އެމްއެންޕީއިން ބައިވެރިވެގެން ވެސް ރައީސް މަގާމު ދުރުކުރަން ބޭނުންވާ އަޣުލަބިއްޔަތު ނުލިބޭނެ ކަމަށެވެ.

"އެންމެ އަށް މެންބަރުން ތިބި ޕީޕީއެމުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރާ ވާހަކަ ދެއްކީމަ އަންނަނީ ހިނި. މަގުމަތިން ވައްޓާލާ ވާހަކަ ދެއްކީމަވެސް އަންނަނީ ހިނި. ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އެތިބީ މާލިމީއަކު ނެތި ފަރަށް އަރާފަ. ރައީސް ޔާމީން ބަންދު ފިލުވުން އަމާޒު ލާހޫރެނީ،" އައްޑޫ ޝަރީފް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު