އިޓްލޮސްގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ބޯޑަރުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލައިގައި ރާއްޖެއަށް ލިބިފައިވަނީ، ލިބެން އޮތް އެންމެ ބޮޑު މޮޅުކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖެއަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ޓީމުން އެމައްސަލައިގައި ވަރަށް ފުރިހަމަ މަސައްކަތެއްް ކުރައްވާފައިވާކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލާގައި ރާއްޖެއިން ވަކާލާތުކޮށްގެން ހޯދި ސަރަހައްދަށްވުރެ އިތުރަށް އެ މައްސަލައިގައި ހޯދޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެއަށްވުރެ ރަނގަޅު ނިންމުމެއް ކޯޓުން ނުނިންމޭނެ ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ އާއްމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިގެން އުޅެނީ މިމައްސަލައިގެ ތެރެއިން ހިނގާދިޔަ ކަންކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް އާއްމުންނަށް ފޯރުކޮށްދެވިފައި ނުވާތީ ކަމަށެވެ. އަދި ޝަހީދު ވަނީ މިފަދަ ކަންކަމުގައި ވީހާވެސް ބޮޑަށް ދެފުށް ފެންނަގޮތަކަށް ކަންކަން ކުރިއަށް ގެންދަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުނމގެ މެދުގައި ބެހުމުގެ މައްސަލާގައި ހުކުމް އިއްވީ ހުކުރުދުވަހުއެވެ.
މި މައްސަލައިގައި ނިންމާފައިވަނީ ރާއްޖެއިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ.
އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފައެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.
މި މައްސަލަ ނިމުނު ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ.
ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާއެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެ އެވެ.

Not really—I don’t believe a better outcome was possible. I think the job done by @ibriffath & his team is excellent. The reason for public agitation is that letters exchanged on the changed position on the UN vote have not been made public. This is a failure of gov comms policy.
— Ahmed Shaheed (@ahmedshaheed) May 1, 2023
މި މައްސަލައިގައި ނިންމާފައިވަނީ ރާއްޖެއިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ.
އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފައެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.
މި މައްސަލަ ނިމުނު ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ.
ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާއެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެ އެވެ.
ކިޔުންތެރިންގެ ހިޔާލު