ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދެއްވާފައިކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސްގެ ޝަރަފުގައި ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައެވެ.
މި ފަރިއްކޮޅު ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެ ގެންގުޅުނު "އިންޑިއާ ފަސްޓް" ޕޮލިސީ އާއި އިންޑިއާ ބޮޑުވަޒީރު ހިމޯދީގެ "ނެއިބަރހުޑް ފަސްޓް" ޕޮލިސީގެ ދަށުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގައިވާ ދުވަސްވީ ލާމަސީލުގުޅުން ދަނީ ރައީސް ޞޯލިޙް އާއި އިންޑިއާ ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި އިތުރަށް ފުޅާވެ ދެގައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި އަމާންކަން ކަށަވަރުކޮށްދެމުންކަމަށެވެެ.
"އިއްޒަތްތެރި ވަޒީރު އޮނަރަބަލް ޝްރީ ރަޖުނާތު ސިންގ، މަނިކުފާނާއި އަޅުގަނޑަކީ، އިންޑިއާ ކަނޑުގެ އަވަށްޓެރި ދެ ޤައުމުގެ ދިފާޢީ ވަޒީރުން ކަމަށްވާއިރު، މި މާސިންގާ އިންޑިއާ ކަނޑު ތެރޭގެ ހުރި ނުރައްކާތެރި ނުކިއްސަރު އަދި ކަންބޮޑުވާ އޮއިވަރުތަކުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަޅުގަނޑުމެންގެ ދެ ދައުލަތާއި ރައްޔިތުންނާއި، މުޅި ސަރަޙައްދު ބަލަހައްޓާ، ސަރަޙައްދުގެ މަސްލަހަތުތައް ކުރިއަރުވައި ހިމާޔަތް ކުރުމަށް އަޅުގަނޑުމެންނަށް އޮތް ޒިންމާ ވަރަށް ވެސް ބޮޑު" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ބަވަނަވެފައިވާ މި ސައިބަރ ޑްރިވެން ދުނިޔޭގައި އަޅުގަނޑުމެން ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަމަށެވެ. ނަމަވެސް އަޅުގަނޑުމެން ދެ ޤައުމު، އަޅުގަނޑުމެންގެ މި ދެ ދައުލަތް ޤަބޫލުކުރާ އުޞޫލުތަކާއި ހަމަތަކުގެ މަތިން މަސައްކަތް ކޮށްފިނަމަ، މި ގޮންޖެހުންތަކާއި ކުރިމަތިލައި، އަޅުގަނޑުމެން ބޭނުންވާ ގިނަގުނަ ލަނޑުދަނޑިތައް ޙާސިލުކުރެވޭނެކަމަށް ޤަބޫލުކުރަައްވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރާޖުނާތު ސިންގެ ވަޒީރުކަމުގެ ދަށުން އިންޑިއާގެ އަސްކަރިއްޔާއަކީ ދުނިޔޭގެ ވަރުގަދަ ބާރަކަށް ވެފައިވާކަމީ އެ މަނިކުފާނު ނިސްބަތްވާ ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ތައުރީފު ހައްޤުކަމެއްކަމަށެވެ.
މާރިޔާ ވިދާޅުވީ މިއަދާއި ހަމައަށް އިންޑިއާއި ރާއްޖެއަކީ އެފަދަ ދެވަނައެއްނުވާފަދަ ގާތްގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމުކަމަށެވެ. އަދި އެގުޅުން ބިނާވެފައިވަނީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސްގެ ޝަރަފުގައި ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މުނޫ މަހާވަރު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އަދި ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު