އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖުނާތު ސިންގ، "ދީދީ"ގެ ނަންފުޅުން އެކަމަނާއާ މުހާތަބްކުރެއްވުމަކީ ދެ ޤައުމުގެ އަހުވަންތަކަން ދައްކުވައިދޭ ކަމެއްކަމަށް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ ކުރުނބާ މޯލްޑިވްސްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ޝަރަފުގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފާއިތުވީ 4 ވަރަކަށް އަހަރު އިންޑިއާގެ ދިފާއީ ވަޒީރާއެކު މަސައްކަތްކުރުމުގެ ޝަރަފު ލިބިފައިވާކަމަށެވެ. އަދި އެގޮތަށް ދިމާވާ ދިމާވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ އެކަމަނާއާ މުހާތަބްކުރައްވަނީ "ދީދީ" ނުވަަތަ ހިންދީ ބަހުންނަމަ "އުޚްތު"ގެ ނަމުންކަމަށެވެ.
"ދިމާވާ ދިމާވުމުގައި މަނިކުފާނު އަޅުގަނޑަށް މުޚާތަބް ކުރައްވާއިރު "ދީދީ" އޭ ވިދާޅުވެ، އެއީ ހިންދީ ބަހުން "އުޚްތު" ކަމަށް ވިދާޅުވެ އެގޮތުގައި އަޅުގަނޑާ މުޚާތަބު ކުރައްވާފައިވޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއިން އަޅުގަނޑުމެންގެ ދެ ޤައުމު އަދި ދެ ސަރުކާރު ދެމެދުގައި އޮންނަ ގާތް އަޚްވަންތަ ގުޅުން ރަމްޒުކޮށްދިނުމުގެ އިތުރުން އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައިވާ އަޚްވަންތަ ގުޅުންވެސް ވަރަށް ރަނގަޅަށް ސިފަކޮށްދޭ." މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ދިފާއީ ވަޒީރާއި އެމަނިކުފާނުގެ ވަފުދުގެ މެންބަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މާރިޔާ ވިދާޅުވީ އެކަމަނާގެ ވުޒާރާއިން މަސައްކަތްކުރައްވަނީ ކުރިއަށް އޮތް ދެ ދުވަހު ވީހާވެސް ބޮޑަށް ރީތި، ޖަޒީރާ ރާއްޖޭގެ ހިތްގައިމުކަން ތަޖުރިބާ ކުރެވޭނެގޮތަށް އިންޑިއާގެ ދިފާއީ ވަޒީރުގެ ޕްރޮގްރާމް ބައްޓަންކުރަންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު