ފޯޅަވައްސާ ބެހޭގޮތުން އެކި ގޮތްގޮތަށް ބަޔަކު ވާހަކަ ދެއްކި ނަމަވެސް އެތަން ރާއްޖޭގެ ސިޔާދަތުގެ ދަށައް އަންނާނެތޯއޭ ވިދާޅުވެ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ސުވާލު ކުރަށްވައިފިއެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ ނުވަތަ ފޯޅަވަހި މައްސަލަ 58 އަހަރު ފަހުން ރާއްޖެއިން ބޭނުންވި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ ނިންމާފައެވެ. މިދިޔަ ހުކުރު ދުވަހު އެ މައްސަލައިގައި އިޓްލޮސްއިން ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ޑިސްޓެންޓު އުސޫލުން ބަހާލުމަށެވެ.
ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށާއި އެތަން ދިވެހި ސަރުކާރުން ދޫކޮށްލި ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި މާލޭގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް ވަނީ ސޯޝަލް މީޑިޔާގައި ކިތަންމެ ވަރަކަށް ބަޔަކު ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް އަކަ އިންޗިއެއްވެސް އިތުރުވާނެތޯ ނުވަތަ ފޯޅަވަހި ރާއްޖޭގެ ސިޔާދަތުގެ ދަށަށް އަންނާނެތޯ ސުވާލުކުރަށްވާފައެެވެ. އޭގެ ބަދަލުގައި އެގޮތަށް ވާހަކަ ދައްކަވާ ބޭފުޅުން ނަތީޖާ ނެރެވޭނެ އެހެން ކަމަކާއި އުޅުމަށް އިބްރާ ވަނީ ގޮވާލައްވާފައެެވެ.
"މިސާލަކަށް، ފާޅުގައި ޤާނޫނާ ޚިލާފްވާ ސަރުކާރުގެ މުއައްޒަފުންނާމެދު ފިޔަވަޅުއަޅަން ސަރުކާރަށް ގޮވާލުން ކީއްބާވާނީ؟ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްވި މީހުންގެ މައްސަލަތައް ބަލައި، އެފައިސާ ހޯދަންއުޅުން ކިހިނެއްވާނެ؟" ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާޢީލް (އިބްރާ) ސުވާލުކުރެއްވިއެވެ.
އިބްރާ މިހެން ވިދާޅުވެފައިވާއިރު، ޗާގޯސްގެ މިނިވަންކަމާއި މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިން އަރާރުންވާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އެހެން ނަމަވެސް ރާއްޖެއިން ދުވަހަކު ވެސް އެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާއެއް ކޮށްފައެއް ނުވެއެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ ނުވަތަ ފޯޅަވަހި މައްސަލައިގައި އިޓްލޮސްއިން ގޮތެއް ނިއްމާފައިވާއިރު އެނިއްމުމާއެކު ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް ވަނީ 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައެެވެ. މޮރީޝަސްއަށް ލިބިގެންދިޔައީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު