3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގ، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ފޮރިން މިނިސްޓްރީގައެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކާއި ގުޅޭ މަޝްވަރާތައް ވަނީ ބާއްވާފައެވެ.
ހާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިިނިސްޓަރ ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަމުގެ ސަބަބުން ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާއާއި ސަލާމަތީ ހިދުމަތްތައް ކުރިއެރުމަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމުގެ މައްޗަށްވެސް ޝާހިދުގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިފާޢީ ގުޅުމުގެ ތެރެއިން، ޙާޞިލުކުރެވިފައިވާ ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެ ގޮތުގައި ގުޅުންތައް ބާއްވައިގެން ކުރިއަށްދިއުމާއި ގުޅޭގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގއާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރ މިއަދު ރާއްޖެ ވަޑައިގެންނެވީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރ ވަނީ މިއަދު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވާ މަޝްވަރާތަކެއްވެސް ބާއްވާފައެވެ.

Minister of Defence of India @rajnathsingh calls on Minister of Foreign Affairs @abdulla_shahid. Reviewed the ongoing defence cooperation between the two countries and both the Ministers reaffirmed commitment to collaborate on further areas to cement the defence partnership. pic.twitter.com/e1wjbjxNDP
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 1, 2023
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިފާޢީ ގުޅުމުގެ ތެރެއިން، ޙާޞިލުކުރެވިފައިވާ ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެ ގޮތުގައި ގުޅުންތައް ބާއްވައިގެން ކުރިއަށްދިއުމާއި ގުޅޭގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގއާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރ މިއަދު ރާއްޖެ ވަޑައިގެންނެވީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރ ވަނީ މިއަދު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވާ މަޝްވަރާތަކެއްވެސް ބާއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު