ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުގެ ސަަބަބުން މުވައްޒަފުންގެ ދަތިކަން ހައްލުވާނެކަމަށް ޖެންޑަރ މިިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީގައި މަސައްކަތްކުރައްވާ ސިއްހީ ހިދުމަތްދޭ އެކި މުވައްޒަފުންވެސް ހިމެނެއެވެ.
ރައީސް އޮފީހުގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުން ފަދަ ކަންކަން ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވިނަމަވެސް، ތަޖުރިބާލިބިފައިވާ ފަންނީ ބޭފުޅުން ހޯދުން ދަތިކަމަށެވެ.
ޖެންޑަރ މިިނިސްޓަރ ވިދާޅުވީ ޖެންޑަރ މިނިސްޓްރީގައި ސިއްހީ ހިދުމަތްދިނުމާއި ގުޅޭ މަސައްކަތްތައް ކުރާ މުވައްޒަފުން ހޯދުން އަދި ވަޒީފާގައި ދެމެހެއްޓުން ދަތިވެފައިވާއިރު، މުސާރައިގެ ކުރިއެރުމާއެކު އެކަމަށް ހައްލު ލިބިގެންދާނެކަމަށެވެ.
"މިއީ ތަޖުރިބާ ތިބި މީހުން މަސައްކަތް ކުރަންޖެހޭ ދާއިރާއެއް. އުއްމީދަކީ މިކަމުގެ ސަބަބުން ތަޖުރިބާކާރު މީހުން ޖެންޑަރ މިނިސްޓްރީއާ ގުޅުން." މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު