މުސާރައިގެ ކުރިއެރުމާއެކު ކުރިއަށްދާނެ މަގުފަހިވެ، ދިވެހިންގެ ބައިވެރިވުން އިތުރުވާނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.
ހެލްތު ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި، އެކަމަށްޓަކައި ޕޭ ކޮމިޝަނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.
ނަސީމް ވިދާޅުވީ މުސާރައަށް ގެނެވުނު ބަދަލާއެކު މުވައްޒަފުންނަށް ކުރިއެރޭނެ ތަޖުރިބާއާއި، ވަޒީފާގެ ކުރިއެރުން ހޯދޭނެ މަގު ވަރަށް ބޮޑަށް ސާފުވެފައިވާކަމަށެވެ.
"ހުނަރުވެރިކަން އިތުރުކުރުމުން މަންފާތަކެއް ލިބޭނެ ގޮތް އެބަހުރި. އެކަންކަމަށް އަމާޒުކުރެވިގެން މިކަންކަން މިކުރަނީ. އެކަންކަމަށް ހުރިހާ މުވައްޒަފުން ސަމާލުވުމަށް ދަންނަވަން. ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއަށް ވަދެ މީގެ ފައިދާތައް ހޯދުން." ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ސިއްހީ ދާއިރާއަށް މި ލިބުނު ކުރިއެރުމާއެކު ދާއިރާއަށް އިތުރު މީހުން ޝަޢުޤުވެރިވާނެކަމަށެވެ. އަދި ސިއްހީ ދާއިރާގައި ގިނަ އަދަދެއްގެ ބޭރު މީހުން މަސައްކަތްކުރާއިރު، ދިވެހިންގެ ބައިިވެރިވުން އިތުރުކޮށްގެން ޤައުމުން ބޭރަށް އެތައް ފައިސާއެއް ދިއުން ހުއްޓުވޭނެކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
"ދިވެހިންގެ ހިއްސާ ސިއްހީ ދާއިރާގައި ބޮޑުކުރަންޖެހޭ." ނަސީމް ވިދާޅުވިއެވެ.
ސަރުކާރުން ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލާއެކު ސިއްހީ ދާއިރާގެ 3710 މުވައްޒަފަކަށް މުސާރަ ބޮޑުވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ކުރިއެރުން ޖެންޑަރ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއާއި ސްކޫލްތަކުގެ ސިއްހީ ކަންކަމާއި ގުޅޭ މީހުންވެސް ހިމެނޭކަމަށް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މުސާރަ ބޮޑުވި 3710 މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލް 520 މުވައްޒަފުން، އަތޮޅު ހޮސްޕިޓަލްގެ 471 މުވައްޒަފުން، ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން، އައިޖީއެމްއެޗްގެ 1004 މުވައްޒަފުން، ހުޅުމާލެ ހޮސްޕިޓަލް 298 މުވައްޒަފުން އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ 452 މުވައްޒަފުންނެވެ.

Press Conference to announce salary revisions in the Health Sector @governmentmv @presidencymv pic.twitter.com/yjCmmmGs4z
— Ministry of Health (@MoHmv) April 30, 2023
ސަރުކާރުން ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލާއެކު ސިއްހީ ދާއިރާގެ 3710 މުވައްޒަފަކަށް މުސާރަ ބޮޑުވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ކުރިއެރުން ޖެންޑަރ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއާއި ސްކޫލްތަކުގެ ސިއްހީ ކަންކަމާއި ގުޅޭ މީހުންވެސް ހިމެނޭކަމަށް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މުސާރަ ބޮޑުވި 3710 މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލް 520 މުވައްޒަފުން، އަތޮޅު ހޮސްޕިޓަލްގެ 471 މުވައްޒަފުން، ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން، އައިޖީއެމްއެޗްގެ 1004 މުވައްޒަފުން، ހުޅުމާލެ ހޮސްޕިޓަލް 298 މުވައްޒަފުން އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ 452 މުވައްޒަފުންނެވެ.
ކިޔުންތެރިންގެ ހިޔާލު