ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުހައްމަދު ފައިޒަލް
ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުހައްމަދު ފައިޒަލް
ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުމުން ބަޖެޓުން އިތުރަށް 482 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ޕޭ ކޮމިޝަނުން މިކަން ހާމަކުރީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ ތަފްސީލް ހާމަކުރުމަށް މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ އައު ޕޭ ފްރޭމް ވޯކަށް ހިޖުރަކުރި ސިއްހީ ދާއިރާގެ 3710 ފަންނީ މުވައްޒަފުންނަށް އަހަރަކު 283 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ބަޖެޓުން ހަރަދުކުރާނެކަމަށެވެ. އަދި އެހެނިހެން އެލަވަންސް ދިނުމަށް 58 މިލިއަން ރުފިޔާ ބަޖެޓުން އަހަރަކު ހަރަދުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައިޒަލް ވިދާޅުވީ ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ފަރާތްތައް ވަޒީފާގައި ތިބުމަށް ހިތްވަރު ދިނުމަށް 25 މިލިއަން ރުފިޔާ އެލަވަންސްގެ ގޮތުގައި ބަޖެޓުން ހަރަދުކުރާނެކަމަށެވެ. އަދި ސިއްހީ ދާއިރާގެ އިދާރީ މުވައްޒަފުންނަށް އެލަަވަންސް ދިނުމަށް ބަޖެޓުން އަހަރަކު 83 މިލިއަން ރުފިޔާ

ފައިޒަލް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާގެ ފަންނީ 3710 މުވައްޒަފުންގެ އިތުރުން އެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންނަށްވެސް ވަނީ މުސާރައިގެ ކުރިއެރުން ލިބިފައެވެ. އެގޮތުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ އަދި އިދާރީ މުވައްޒަފުން ހިމެނޭހެން 9838 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން އައިސްފައިވެއެވެ.

މިގޮތުން އިދާރީ މުވައްޒަފުންނަށް މުސާރައިގެ 35 އިންސައްތައިގެ ކުރިއެރުމެއް ވަނީ އައިސްފައެވެ. މީގެ ތެރޭގައި ސިއްޙީ ޚިދުމަތްދޭ އެކި ތަންތަނުގައި ތިބި 4761 މުވައްޒަފުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ 1367 ސިއްޙީ އެހީތެރިން ހިމެނެއެވެ.

މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު