ހދ. ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއެކު މިއަދު ހައްޔަރުކޮށްފިއެވެ.
"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން ނޮޅިވަރަމްގެ ކައުންސިލް މެމްބަރަކު ވިދާޅުވީ މަސްތުވާތަކެއްޗާއެކު އެރަށު ސުކޫލުގެ އިސްލާމް ޓީޗަރު ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޢަދި އެ ޓީޗަރަކީ އެރަށަށް ނިސްބަތްވާ ޓީޗަރެެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި އެ އިސްލާމް ޓީޗަރު ހައްޔަރު ކުރީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓުތަކާ އެކުގައި، އެ ރަށު ބަނދަރު ސަރަހައްދުންނެވެ.
ނޮޅިވަރަމް ސްކޫލްގައި އިސްލާމް ޓީޗަރެއްގެ ވަޒީފާގައި އޭނާ ވަނީ 10 އަހަރު ދުވަސް ހޭދަކޮށްފައެވެ. އެ ރަށު ސްކޫލްގެ ބެލެނިވެރިން ވެސް ވަނީ އެ ދިވެހި ޓީޗަރާ ގުޅޭ މައްސަލަތައް ސްކޫލަށް ވެސް މީގެ ކުރިން ހުށައަޅާފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު