މި އަހަރުގެ ރިޔާސީ އިންތިހާބަށް ބޭނުންވާ މެނިފެސްޓޯ އެކުލަވާލަން ބޭނުންވާ މައުލޫމާތު އެއްކުރަން ރާއްޖޭގެ 87 އިދާރީ ދާއިރާއަށް އެ ޕާޓީގެ ޓީމުތައް ފޮނުވަން ނިންމައިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީން މިއަދު ބުނީ ރިޔާސީ އިންތިހާބަށް ބޭނުންވާ މެނިފެސްޓޯއަށް އެކުލަވާލަން ބޭނުންވާ މައުލޫމާތު އެއްކުރަން ރާއްޖޭގެ 87 އިދާރީ ދާއިރާއަށް އެ ޕާޓީގެ ޓީމުތައް ފޮނުވަން ނިންމައިފައިވާ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ދަތުރަށް ފެށުމަށް ޓީމުތައް އެކުލަވާލަމުން އަންނަ ކަމަށެވެ. އެ ޓީމްތައް ފޮނުވުމަށް ހަމަޖެހިފައި ވަނީ އެއްފަހަރާ ކަމަށާއި އަންނަ މަހުގެ 11 ގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެެެވެ.
މި ދަތުރުތަކުގައި ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ބައްދަލުވުންތައް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އިންތިހާބަށް އެމްޑީޕީ މިފަހަރު ވެސް ނުކުންނަނީ ކޯލިޝަނާއެކު އެވެެ. އެގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި ސަން ސިޔާމްގެ އެމްޑީއޭ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 9 ގައެވެ.

ކިޔުންތެރިންގެ ހިޔާލު