ހެންވޭރުކޮޅުން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އަންގައިފިއެެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގެ ހަރުގެ ހަދާފައި ހުރި ގޭގެ ވެރިފަރާތުން އެތަނުގައި އިމާރާތެއް އަޅަން ބޭނުންވާތީ އެތަން ހުސްކުރުމަށް އަންގާފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް އެހެން ތަނެއް ލިބިފައިނުވާތީ މިހާރު ހުރި ބިމުގައި ހަރުގެ ހިންގޭނެ ގޮތެއް ހޯދަން ގޭގެ ވެރިފަރާތާއެކު މަޝްވަރާ ކުރަމުން އަންނަކަމަށްވެސް އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު މައި ހަރުގެއަކީ ރައީސް ނަޝީދަށް ތާއީދުކުރާ މީހެއްގެ ގޭގައި ހަދާފައި ހުރި ހަރުގެއެކެވެ.



ކިޔުންތެރިންގެ ހިޔާލު