މިއަދު ހިނގި ލޯންޗު އެކްސިޑެންޓުގައި ނިޔާވި ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދުގެ އާއިލާއަށް އެމްޑަބްލިޔުއެސްސީން ތައުޒިޔާ ފޮނުވައިފިއެވެ.
ކ. ފޭދޫފިނޮޅު ކައިރީގައި މިއަދު ހަވީރު ހިނގި ލޯންޗު އެކްސިޑެންޓުގައި ނިޔާވީ ބ.ކުޑަރިކިލު، އޯޝަންވިލާ، ސައުދުﷲ އަހުމަދަކީ ބޮޑު ހިލަ ޖެހުން ފަދަ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.
އެމްޑަބްލިޔުއެސްސީގެ ތައުޒިޔާގެ މެސެޖުގައި ބުނީ ލޯންޗު އެކްސިޑެންޓްގައި ސައުދުﷲ ނިޔާވުމަކީ ވަރަށް ބޮޑު ހިތާމައެއްކަމަށެވެ. އަދި އާއިލާއަށް ލިބިފައިވާ ހިތާމައިގައި އެ ކުންފުނިން ބައިވެރިވާކަމަށްވެސް ސައުދުﷲ ނިޔާވުމާއި ގުޅިގެން އެމްޑަބްލިޔުއެސްސީން ފޮނުވި ތައުޒިޔާގެ މެސެޖުގައި ވަނީ ބުނެފައެވެ.
ބ. ކުޑަރިކިއްޔަށް ނިސްބަތްވާ ސައުދުﷲ ނިޔާވީ ފޭދޫ ފިނޮޅު ކައިރިން 2 ލޯންޗު ޖެހި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާ ލިބިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެެމުންދަނިކޮށް އިރުއޮއްސި 6:30 ހާއިރުއެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ ސަސް ސްޕިޑް ނަމަކަށް ކިޔާ ގަލްފް ކްރާފްޓް ލޯންޗަކާއި އެމްޑަބްލިއުއެސްސީގެ ލޯންޗެއް ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގީ ހަވީރު 4:40 ހާއިރުކަމަށްވެސް ފުލުުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުޤީޤްކުރަމުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު