ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި، ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ވެސް ކުރެވޭ އެއްޗެއްކަމަށާއި އެއް ޤައުމެއްގައި ހުރެގެން، މާ ދުރުގައި އޮންނަ އެހެން ޤައުމެއްގައި ޖަރީމާއެއް ހިންގުމަކީވެސް، މި ޒަމާނުގައި ކުރެވިދާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބޯޑަރުތަކާއި ސަރަޙައްދީ އިމަކީ، ކުށްވެރިންނާއި ކުށުގެ މާޙައުލު ދަންނަ އެއްޗެއް ނޫންކަމަށާއި އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަޅި މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މި ރާއްޖެއަކަށް ނޫންކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭކަމަށެވެ.
"އަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ރާއްޖެއަކީ ވެސް، ބައިނަލްއަޤުވާމީ ޢާއިލާގެ އެއްބައެއް. އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ރާއްޖެއާއި ރާއްޖޭގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން، އަދި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެހެން ޤައުމުތަކުގެ ފުލުހުންގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުރޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ފުލުހުންނަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހިނގާ އެފަދަ އޮއިވަރުތަކަށް ހޭލައި، ތައްޔާރީ ޙާލަތުގައި ތިބޭ ބައެއް ނޫންކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާ އިންޓަރޕޯލްގެ، ފިކްސްޑް ނެޓްވަރކް ޑޭޓާބޭހާއި، ރާއްޖޭގެ ބޯޑަރ މެނޭޖްމަންޓް ސިސްޓަމް، 2019 ވަނަ އަހަރުން ފެށިގެން ގުޅައިލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އިންފޮރމޭޝަން ސިސްޓަމްވެސް، 2020 ވަނަ އަހަރުން ފެށިގެން ވަނީ އިންޓަރޕޯލްގެ ޑޭޓާބޭސްއާ ގުޅައިލެވިފައިކަން ރައީސް ފާޙަގަކުރެއްވިއެވެ.
"މި ދެންނެވި ނިޒާމުގެ ތެރެއިން ރާއްޖެއާއި އިންޓަރޕޯލް ގުޅައިލުމުން، ވަރަށް ގިނަ މަންފާތައް ރާއްޖެއަށް ވެސް، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢަށްވެސް ލިބެމުން ދާނެ. ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ ފަސިންޖަރެއްގެ މަޢުލޫމާތު، އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް، އިންޓަރޕޯލްގެ ޑޭޓާބޭސްތަކުން ޗެކް ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ފްރޮންޓްލައިން އޮފިސަރުން ބަލައި ފާސްކުރާ އެއްވެސް މީހެއްގެ މަޢުލޫމާތު، އިންޓަރޕޯލްގައި ހުރިނަމަ، އެ މަޢުލޫމާތެއްވެސް، އެ ނިޒާމުގެ ތެރެއިން ދިވެހި ފުލުހުންނަށް މިހާރު ފެންނާނެކަމަށެވެ. އަދި ރާއްޖޭގައި މި ވަގުތު ހުރި ހުރިހާ ޕޮލިސް ސްޓޭޝަނެއްގައި ވެސް، މި ނިޒާމު ބޭނުންކުރެވޭނެ އިންތިޒާމު މިހާރު ހުރީ ހަމަޖެހިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީވެސް، ބޯޑަރުތައް ހުރަސްކޮށް ހިންގާ ޖަރީމާތަކާއި، ޓެރަރިޒަމާއި، އެނޫން ބޮޑެތި ކުށްތަކާ ދެކޮޅަށްވެސް، ދުރާލައި ފިޔަވަޅު އެޅުމަށް މަގު ފަހިވެގެންދާނެ ކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެން އެންމެން ވެސް އުޅެމުން މިދަނީ ވަރަށް އަވަސްއަވަހަށް އަންނަ ބަދަލުތަކެއްގެ ދުނިޔެއެއްގައިކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއަކީ ސިނާޢީ އިންޤިލާބު މިހާތަނަށް ގެނެސްދިން އެންމެ ހެޔޮ ބަދަލުކަމަށާއި ނަމަވެސް އެ ލިބުނު ރަނގަޅުގެ ނާޖާއިޒު ބޭނުން ހިފައިގެން، ކުށުގެ ވެށި ފުޅާކުރުމަކީ، އިންސާނުން ހަދާ އެންމެ ބޮޑު ގޯސްކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު