ރައީސުލްޖުމުހޫރިއްޔާ ބޭރުގެ ގައުމުތަކުގެ ވެރިންނަށް ފޮނުއްވާ ސިޓީފުޅުތައް މީޑިޔާގައި ހާމަކުރާނަމަ ރާއްޖެއާއި ވާހަަކަ ދައްކާނެ ގައުމެއް ނޯންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރައީސް ބޭރުގެ ގައުމުތަކުގެ ވެރިންނަށް ފޮނުއްވާ ސިޓީފުޅުތައް މީޑިޔާގައި އާންމުކުރާނަމަ ރާއްޖެއާއި ވާހަކަ ދައްކާނެ ބޭރު ގައުމެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ގުޅޭގޮތުން ބޭރުގައުމުތަކާއެކު ކުރާ މަޝްވަރާތައް ރައްޔިތުންނަށް އާންމުކޮށް ހާމަކުރާނަމަ ރާއްޖެއާއި ގުޅިގެން ކަންކަން ކުރާ ގައުމުތަކެއް ނުވާނެ ކަމަށް ޝާހިިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ބައިނަލްއަގުއާމީ އުސޫލުތައް ބަލައިގަނެ އެ އުސޫލުތަކަށް ތަބާވާންޖެހޭ ކަމަށެވެ. އެގޮތުން ދޭދޭ ގައުމުތަކުގައި ހިގާ މުއާމަލާތްތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކަންޏެއް ނޫން ދުނިޔޭގައި އޮތީކީ، ބަައިވަރު ގައުމުތައް އެބަހުރި. އަޅުގަނޑުމެން ނޫން މާބޮޑަށް މިކަހަލަ ކަންތައްތަކަށް ފަރިތަ ގައުމުތައް އެބައޮތް، ހުޅުވާލެވިފައިވާ ގައުމުތައް އެބައޮތް. އެމެރިކާ، އިނގިރޭސި ވިލާތް، އެތަންތާގައި ހިނގާ ހުރިހާ ކޮރޮސްޕޮންޑެންސެއް، ތަނުގެ ބޮޑުވަޒީރާ ދުނިޔޭގެ ގައުމުތަކާއި ދޭތެރޭގައި ހިނގާ ހުރިހާ ކަމެއް ހުންނަނީ ޕަބްލިކަކު ނޫން. ޓުވީޓްކޮށްފައެއް ނޫން. އެ އޮންނަ އުސޫލުތަކެއްގެ ދަށުން ލިބޭނީ." ޝާހިދު ވިދާޅުވިއެވެެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ އެމެރިކާގެ ގާނޫނުގައި ބުނާގޮތުން އުސޫލުތަކުގެ ދަށުން ނޫންގޮތަކަށް ސަރުކާރުގެ އިދާރީ މުވައްޒަފުންނަށް އެނގެން ނުޖެހޭ މައުލޫމާތު ނުލިބޭ ކަމަަށެވެ. އެގޮތުން ބައެއް ގައުމުތަކުގައި ދައުލަތް ހިންގަނީ އެ އުސޫލުތަކުގެ ދަށުން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މި ސަރުކާރަށްވުރެ ހާމަކަންބޮޑުކޮށް ކަންކަން ކުރާ ސަރުކާރެއް ނޯއންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ހިންގޭތޯ މަސައްކަތް މިކުރަނީ ފަރިތަވާން މިއުޅެނީ ޑިމޮކްރަޓިކް ދައުލަތެއް ހިންގޭނެ އުސޫލަށް، އަނެއްހެން ބަސްގަދަ މީހާ އެއްޗެހި ބުނަން ފަރިތަ މީހާ ހަމަ އެއްޗެހި ބުނެގެން އަނެކާގެ އަބުރު ކަތިލައިގެން އުޅޭ ޖަންގަލީގެ އުސޫލަށް ހިނގާ ދައުލަތެއްގެ ގޮތް ކަނޑާލެވޭތޯ މި ސަރުކާރުން މަސައްކަތްކުރަނީ، އެހެންވީމާ އެ އުސޫލުތައް އެދަނީ." އދގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު