ބޯކޮށް ވާރޭ ވެހި ފުވައްމުލަކު ސިޓީގައި ފެން ބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި ޏ. ފުވައްމުލަކު ސިޓީގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެފައިވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ ގޭގެއަށް ފެން ވަނުމާއި ގުޅިގެން މަގުތަކުން ފެން ހިއްކުމާއި ގެތަކަށް އިތުރަށް ފެން ވަނަނުދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދާކަމަށެވެ.



ދެކުނަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން މިއަދު ވަނީ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އެގޮތުން ހުވަދޫ އަތޮޅުން ފެށީގެން އައްޑޫ އަތޮޅާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު