ފޭދޫ ފިނޮޅު ކައިރިން 2 ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެެމުންދަނިކޮށް އިރުއޮއްސި 6:30 ހާއިރު ނިޔާވީ 53 އަހަރުގެ ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ކުޑަރިކިލު، އޯޝަންވިލާ، ސައުދުﷲ އަހްމަދެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ ސަސް ސްޕިޑް ނަމަކަށް ކިޔާ ގަލްފް ކްރާފްޓް ލޯންޗަކާއި އެމްޑަބްލިއުއެސްސީގެ ލޯންޗެއް ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގީ ހަވީރު 4:40 ހާއިރުކަމަށްވެސް ފުލުުހުން މައުލޫމާތުދެއްވައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުޤީޤްކުރަމުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު