މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު "އޯޝަން ލައިފް" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި ފަޅުވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސްފަރުވާ ދިނުމަށް، ހޮސްޕިޓަލަށް ގެންދިއުމަށްކަމަށެވެ.



ގދ. ތިނަދޫއާ 31 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރި އަވަސް ފަރުވާބޭނުންވާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 09:55 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.



އެމްއެންޑީއެފުން ބުނީ މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަނުން، ހާބަރ ކްރާފްޓުގައި ބަލިމީހާ މިއަދު 11:45 ހާއިރު ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު