ރާއްޖެއިން އިޓްލޮސްގެ ނިންމުންތައް ބަލައިގަތުމަކީ ލާޒިމް ކަމެއް ކަމަށާއި އެކަން ބަލައިނުގަތުމަށް ގޮވާނުލެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން ރާއްޖެއިން ބޭނުންވި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. އެ މައްސަލައިގައި އިޓްލޮސްއިން އިއްޔެ ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ޑިސްޓެންޓު އުސޫލުން ބަހާލުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައިވަނީ ރާއްޖެއިން ޗާގޯސްގެ ސިޔާސަތު ގަބޫލުކުރުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މަދުވެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ރަނގަޅީ އިޓްލޮސްގެ ނިންމުން ބަލައިނުގަތުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އިޓްލޮސްގެ ނިންމުންތައް ބަލައިގަތުމަކީ ލާޒިމުކަމެއް ކަމަށެވެ. އެގޮތުން ޝާހިދު ވިދާޅުވީ ރައީސް ނަޝީދު އިޓްލޮސްގެ ނިންމުން ގަބޫލުނުކުރުމަށް ގޮވާލައްވާއިރު، އެ ޓްރައިބިއުނަލަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްގެ ދަށުން އުފައްދާފައިވާ ތަނެއް ކަމަށެވެ. ޝާހިދު ވިދާޅުވީ ނަޝީދުގެ ވެެރިކަމުގައި ޗާގޯސްގެ ކަނޑުގެ ސަރަހައްދާއިބެހޭ އެއްބަސްވުމެއްގައި އެއިރު ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން 2010 ވަނަ އަހަރު ނަޝީދު އަދި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު މޮރިޝަސްގެ ސަރުކާރުގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ޗާގޯސްއަކީ މިއަދު އުފަންވި ތަނެއް ނޫން ކަމަށެވެ. ކުރީގެ ސަރުކާރުތަކުން ވެރިކަމަށް އައިސް، އެތަން ހޯދުމަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބިފައިވާއިރު އެއްވެސް ބޭފުޅަކު އެކަން ކުރައްވާފައި ނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިހާރު ތިޔަ ވާހަކަފުޅު ދައްކަވާ ވެރިން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންކަމަށްވިޔަސް ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅުންނަށް ވިޔަސް، އެ ހުރިހާ ބޭފުޅުންނަށްވެސް އެ ފުރުސަތު ލިބިވަޑައިގަތޭ. ދިވެހިންގެ ހައްގުގަ ނުކުމެވަޑައިގެން މޭގައި މިހެން އައްޖައްސަވާ މީ ތިމަންނަމެންގެ ތަނެކޭ، ނުކުރައްވާ އެކަމެއް އޭރަކު. މިއަދު ކީއްވެގެންތޯ، ކުއްލިއަކަށްތޯ ޗާގޯސް މިއުފަންވީ؟ ކުއްލިއަކަށްތޯ ދިވެހިންގެ ތެރޭގަ ދިވެހި ލޭ މި ހިނގައިގަތީ؟" ސަރުކާރުގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަށްވާފައިވާ ޝާހިދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ރާއްޖެއަށް ލިބޭ އެންމެ ބޮޑު މިން ރާއްޖެއަށް ހޯދުން ކަމަށާއި ވެލި ފުކެއްގެ މިންވަރު ވެސް ދޫނުދިނުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިމުގެ މައްސަލައިގައި މޮރިޝަޝް އިން ހުށައެޅި އެއްވެސް ކަމެއް ކާމިޔާބުވެފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ފަރާތުން ހުށަައެޅި ހުރިހާ ކަމެއް ކާމިޔާބުވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ނަސްރެއް ފަތަޙަ އެއް، އެހެންވީމާ މި ސަރުކާރުގެ ރައީސްގެ ދުރުވިސްނޭ ޚާރިޖީ ސިޔާސަތުގެ ދަށުން ދުނިޔޭގެ އެންމެ މޮޅު ލޯޔަރުން މެދުވެރިކުރަށްވައިގެން ކުރި މަސައްކަތް ކާމިޔާބުވެފައި އެވަނީ." ޝާހިދު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު