ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާއެކު ރާއްޖެއަށް ލިބުނު 200 މޭލުން ނެގޭނެ އިގްތިސާދީ ފައިދާތައް ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާއި ގުޅިގެން ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސްއޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެެއްވަމުންނެެވެ.
އިޓްލޮސްގެ ނިންމުން ކާމިޔާބީއެެއްގެ ގޮތުގައި ސަރުކާރުން ސިފަކުރާ ސަބަބާ ގުޅޭގޮތުން "ރަސްއޮންލައިން" އިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާއެކު ރާއްޖެއަށް ލިބުނީ 12 މޭލުގެ ބަދަލުގައި 200 މޭލު ކަމަށެވެ. ރާއްޖެއަަށް ލިބުނު ސަރަހައްދަކީ އިގްތިސާދީ މަސައްކަތް ކުރެވޭގޮތަށް ދިވެހިންނަށް ލިބުނު ސަރަހައްދެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ލިބުނު ކަނޑުގެ ސަރަހައްދުން ނެގޭނެ ފައިދާ ތަކެއް ހުންނާނެ ކަމަށެވެ.
"ކުރިއަށް މި އޮތް ތަނުގައި މި ސަރަހައްދުގައި އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަށް ލިބެން ހުރި ފައިދާތަކަކީ ކޮބައިތޯ ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލަ އާއި ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލައިގައި ކުރީގެ ސަރުކާރުތަކުން އަމަލުކޮށްފައިވާ އުސޫލަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި އެކަން އޮތްގޮތް ކަމަށެވެ. ސަރުކާރުން ކުރި މަސައްކަތްތަކާއެކު އިޓޮލްސްގެ ނިންމުމާއެކު އިން ވަކިކުރެވުނުއިރު ކަނޑުގެ ސަރަހައްދުގެ މެދަށް ވުރެ އިތުރަށް ލިބިފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވަނީ އެކި ސަރުކާރުތަކުން އިމުގެ މައްސަލައިގައި އަމަލުކުރި ގޮތުގެ ތަފްސީލް ވެސް ހިއްސާކުރަށްވާފައެވެ.
"ފުރަތަމަ 1992 ވަނަ އަހަރު އޭރުގެ ސަރުކާރުން އިނގިރޭސިންނާއެކު ވާހަކަތަކެއް ދެކެވި އެއްބަސްވުމަކަށް އައި، އޮތީ ފައިނަލް އެގްރިމެންޓާއި ހިސާބަށް ގޮސްފައި. އޭގައި ވެސް ވާހަކަ ދެކެވުނީ ފުށުއަރާ ސަރަހައްދު މެދުން ހަމަހަމަޔަށް ބަހަން. އޭގެފަހުން 2010 ވަނަ އަހަރު މޮރިޝަސް ސަރުކާރާއެކު އޭރުގެ ސަރުކާރުން ވާހަކަ ދެކެވުނީ ވެސް އެގޮތަށް އަދި ކޮންޓިނެންޓަލް ސަރަހައްދު އިތުރަށް ފުރަތަމަ ކްލެއިމް ކުރި ކުރުން އެއީ ރަނގަަޅަށް ކުރި ކަމަކަށް ކުރެވުނު ކަމަކަށް ނުވާތީ މޮރިޝަޝް އިން ހުށައަޅާފައިވާ ގޮތަށް ބަދަލުކޮށް ހަމަހަމަޔަށް ބަހަން އެބަހުރި ޔައުމިއްޔާގެ ބައްދަލުވުންތަކުގައި ސޮއިކުރެވިފައި." ރައީސް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު