އިޓްލޮސްއިން ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރިޝަސްގެ އިން ވަކިކުރުމުގެ މައްސަލައިގައި އިޓްލޮސްއިން ރާއްޖެއާއި އެއްކޮޅަށް ނިންމި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް މަރުހަބާ ކިޔަމުންނެވެ.
އެގޮތުން ނާއިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އިން ވަކިކުރުމުގެ މައްސަލާގައި، ރާއްޖެއަށް ފައިދާވާ ގޮތަށް މިއަދު އިޓްލޮސްއިން ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.
ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ މި ފަހުރުވެރި ކާމިޔާބީއަށްޓަކައި ރައީސް ސާލީހާއި މިކަމުގައި މަސައްކަތްކުރެއްވި ހީވާގި ޓީމަށް މަރުހަބާ ދަންނަވާފައެވެ.
އިޓްލޮސްއިން ނިންމި ނިންމުމާއި ގުޅިގެން ރާއްޖޭގެ ދެކުނުގެ އިން ވަކިކުރެވި، ހުރިހާ ބޯޑަރެއް ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ކަނޑައެޅުނީއެވެ. މިއީ 58 އަހަރުވީ މައްސަލައަކަށް ވާއިރު މި މައްސަލަ ނިމުނީ ދިވެހިން ބޭނުންވާ ގޮތަށްކަން ސަރުކާރުން ބުނެއެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދަށް ދެކުނުން 200 މޭލު އިތުރުވެފައިވާކަމަށް ސަރުކާރުން ބުނެެެއެވެ.

ރާއްޖޭގެ ދެކުނުގެ އިންވަކިކުރުމުގެ މައްސަލާގައި، ރާއްޖެއަށް ފައިދާވާގޮތަށް މިއަދު އިޓްލޮސްއިން ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މި ފަހުރުވެރި ކާމިޔާބީއަށްޓަކައި ރައީސް@ibusolih
— Faisal Naseem (@FaisalNasym) April 28, 2023
އަށާއި މިކަމުގައި މަސައްކަތްކުރެއްވި ހީވާގި ޓީމްއަށް މަރުހަބާ ދަންނަވަން!
އިޓްލޮސްއިން ނިންމި ނިންމުމާއި ގުޅިގެން ރާއްޖޭގެ ދެކުނުގެ އިން ވަކިކުރެވި، ހުރިހާ ބޯޑަރެއް ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ކަނޑައެޅުނީއެވެ. މިއީ 58 އަހަރުވީ މައްސަލައަކަށް ވާއިރު މި މައްސަލަ ނިމުނީ ދިވެހިން ބޭނުންވާ ގޮތަށްކަން ސަރުކާރުން ބުނެއެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދަށް ދެކުނުން 200 މޭލު އިތުރުވެފައިވާކަމަށް ސަރުކާރުން ބުނެެެއެވެ.
ކިޔުންތެރިންގެ ހިޔާލު