އިޓްލޮސްެގެ ނިންމުމާއެކު ރާއްޖޭގެ އިން ވަކިވެއްޖެކަމަށާއި އަދި ރާއްޖެގެ ސަރަހައްދުވެސް ބޮޑުވެފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ އިޓްލޮސްގައި މިއަދު ނިމިގެންދިޔަ ރާއްޖޭގެ އިންވަނިކުރުމުގެ މައްސަލައާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، 1976 ވަނަ އަހަރު ރާއްޖޭގެ އުތުރާއި، އިރު އުތުރާއި، އިރު ދެކުނުން އިން ކަނޑައެޅިފައިވާކަމަށެވެ. ނަމަވެސް ދެކުނުގެ ކަނޑުގެ ސަރަހައްދު އިން މިހާތަނަށް ކަނޑައެޅިފައި ނެތްކަމަށާއި، ނަމަވެސް އިޓްލޮސްގެ ނިންމުމާއެކު ދެކުނުގެ އިން ވެސް ބައިނަލްއަޤްވާމީ މުއާހަދާތައް ބުނާގޮތަށް ކަނޑައެޅިގެން ހިނގައްޖެކަމަށެވެ.

ވަޒީރުންނާއެކު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރުމުގެ ސަބަބުން ރާއްޖެއަށް 200 ނޯޓިކަލް މޭލު ލިބިފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން އެ ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްކަމަށް ކަނޑައެޅިގެން ގޮސްފައިވާކަމަަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސިޓީއެއްކަމަށް ބުނެ އާއްމުވި ސިޓީފުޅާއި ގުޅިގެންވެސް ވާހަކަފުޅުދައްކަވާފައެވެ.

ރައިސް ވިދާޅުވީ އާއްމުވީ އެމަނިކުފާނު ފޮނުއްވި ސިޓީއެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ މޮރިޝަސްގެ ރައީސަށް ސިޓީފުޅެއް ފޮނުއްވިކަމަށާއި އެ ސިޓީފުޅު ފޮނުއްވުމުގެ މައިގަނޑު ބޭނުމަކީ ޗާގޮސް އަކީ އިނގިރޭސިންގެ ތަނެއްކަން ރާއްޖެއިން ދެން ނުބުނާނެ ކަމަށް ވިދާޅުވެ ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އަދި އެ ސިޓީ ފޮނުއްވީ، އޭރު މޮރިޝަސްގެ ބާރުގެ ދަށަށް ޗާގޯސް ގޮސްފައި އޮތުމާވެސްއެކުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުން އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމާއި ގުޅިގެން، ރާއްޖޭގެ ދެކުނުގެ ބޯޑަރު ކޯސްޓްގާޑުން ބަލަހައްޓަމުން ގެންދާނެކަމަށެވެ.

"މިއަދު އެ ނިމިގެންދިޔަކަމަކީ އަޅުގަނޑު ދަންނަވާނީ ޤާނޫނީ ހަމަތަކާ އިންތަކުގެ ތެރެއިން ރާއްޖޭގެ އިން ވަކިކުރެވި ފުރިހަމަވެގެން ދިޔަ ދިއުމެއްކަމަށް." ރައީސް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން މިއަދު ނިންމި ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވަނީ ވަޒީރުންގެ މަޖިލިސް މެންބަރުންނާ އެކު ޚާއްޞަ ބައްދަލުވުމެއް ބާއްވާ މަޝްވަރާތަކެއް ބާއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމާފައިވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް ރާއްޖެއަށް ފައިދާވާ ގޮތަށް ކަމުގައި ފާހަގަކުރައްވާ އެކަމާއި ގުޅޭގޮތުން ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު