އަހުމަދު މަސްނޫމް   28 އޭޕްރީލު 2023 - 21:7
މޮރިޝަސްއާއި ރާއްޖޭގެ ކަނޑު އިން ވަކިކުރުމާއި ގުޅޭ މައްސަލަ ނިމުނު ގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިއްޖެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާގޯސް އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން، މިހާރު މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިކަމަށެވެ. އަދި އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަކީ ރާއްޖެއަށް ރަނގަޅު ގޮތްކަމަށް ނަޝީދު ވިދާޅުވިއެވެ.



މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ އިން ވަކިކުރުމާއި ގުޅޭ މައްސަލަ ނިމުނު ގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިއްޖެކަމަށް ނަޝީދު ވިދާޅުވިނަމަވެސް އެހެން ބައެއް ބޭފުޅުން ވިދާޅުވަނީ މިއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއްްކަމަށެވެ. އެގޮތުން ރާއްޖެއިން މި މައްސަލައިގައި ދައުވާކުރި ގޮތަށް ކާމިޔާބުވެފައިވާކަމަށް ސަރުކާރުން ވެސް ބުނެއެވެ. އަދި މިނިންމުމާ ގުޅިގެން ރާއްޖެއަށް ކަނޑުގެ ސަރަހައްދުން އިތުރު ބައެއް ލިބިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު