މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ އިމުގެ މައްސަލަ ނިމިގެންދިޔައީ ރާއްޖެއަށް މޮޅުވާގޮތަށްކަމަށް ފީޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޑރ. ހުސައިން ރަޝީދު ވިދާޅުވީ އިޓްލޮސްގައި ކުރިއަށްދިޔަ ބައުންޑަރީ ވަކިކުރުމުގެ މައްސަލަ ނުވަތަ ދިވެހިރާއްޖޭގެ އީ.އީ ޒެޑްގެ ދެކުނު ބައުންޑަރީ ކަނޑައެޅިގެން ދިޔައީ ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް އަދި ރައްޔިތުންނަށް މޮޅުވާގޮތަށްކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ހުސައިން ވިދާޅުވިއެވެ.

"މަރުހަބާ ދިވެހި ރައްޔިތުން، ރައީސް ސާލިހުއަށް މަރުހަަބާ، މަރުހަބާ ޝާހިދު އަދި ރިއްފަތު." ޑރ. ހުސައިން ވިދާޅުވިއެވެ.



ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ ނެދުގައި ބެހުމުގެ މައްސަލާގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް އެކި ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލާގައި މިއަދު ނިންމާފައިވަނީ ރާއްޖެއިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ.



ފާހަގަކޮށްލެވޭ ގޮތުގައި މިއީ 58 އަހަރުވީ މައްސަލައެކެވެ.



ކިޔުންތެރިންގެ ހިޔާލު