ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވަނީ ހިޔާ ފްލެޓުތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކުރަން ނިންމާފައެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
މި ބަދަލު ގެންނަން ނިންމީ ސަރުކާރުގެ ކަމާބެހޭ އޮފީސްތަކާއި އާބަންކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހުކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެޗްޑީސީން ބުނީ ހިޔާފުލެޓުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތައް ރައީސް އޮފީހާއި ހައުސިންގ މިނިސްޓްރީ އަދި އަރބަންކޯ ގުޅިގެން ކުރިއަށްދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ހެޔޮ ބަދަލެއް ހިޔާ ފުލެޓުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ލިބިގެންދާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމަވާފައި މިވަނީ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ހިޔާ ފްލެޓްތައް ތަމްސީލްކުރައްވާ އެކި ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެކަން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ.
ހުޅުމާލޭ ފޭސް ދޭއްގައި ހަދާފައިވަނީ 25 ބުރީގެ 16 ޓަވަރެވެ. އެ ތަނުގެ ކުއްޔަކީ މެއިންޓެނެސް ފީއާއެކު މަހަކު 8500 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު