އިޓްލޮސްގައި ރާއްޖެއިން މިއަދު ހޯދީ ތާރީހީ ކާމިޔާބީއެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި މިއަދު ނިންމި ނިންމުމަށް އިޝާރާތްކުރަށްވައި ޝާހިދު ވިދާޅުވީ ރާއްޖެއިން މިއަދު ކާމިޔާބުކަމާއެކު ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައަޅައިފިކަމަށެވެ. އަދި މިކަން ކޮށްފައިމިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އަސާސްތަކަށް ފުރިހަމައަށް ޢަމަލުކޮށްގެން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ބައިނަލްއަޤުވާމީ ނިޒާމަށް އޮތް ފުރިހަމަ އިތުބާރުގެ ސަބަބުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ފުރިހަމަ އިންތައް ކަށަވަރު ކުރެވިއްޖެ ކަމަށެވެ.
"މިތާރީޚީ ކާމިޔާބީގެ މަރުހަބާ ރައީސް ސާލިހަށް އަރިސްކުރަން. އަދި ބަންޑާރަ ނައިބު ރިއްފަތާއި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވަން." ޝާހިދު ވިދާޅުވިއެވެ.
ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ.
މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ނަމަވެސް ރާއްޖެއިން ބުނެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖެއިން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.
މި މައްސަލަ ނިމުނު ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ.
ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާއެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެއެވެ.

Today, the Maldives has successfully delimited its maritime boundary in the south. We did so, with full adherence to international law, and international principles.
— Abdulla Shahid (@abdulla_shahid) April 28, 2023
Our faith in the international system, has resulted in bringing certainty to the outer limits of the Exclusive…
ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ.
މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ނަމަވެސް ރާއްޖެއިން ބުނެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖެއިން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.
މި މައްސަލަ ނިމުނު ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ.
ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާއެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެއެވެ.
ކިޔުންތެރިންގެ ހިޔާލު