ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމަކީ ދިވެހިން ބޭނުންވިގޮތަށް ނިންމި ނިންމުމެއް ނޫން ކަަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިޓްލޮސް އިން މިއަދު ވަނީ ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް ސަރަހައްދު ބެހުމަށް ހުކުމްކޮށްފައެވެ. އެ ނިންމުމާއި ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިއަދަކީ ދިވެހި ގައުމު ދުށް އެންމެ ކަޅު ދުވަސް ކަމަށެެވެ. އަދި ރާއްޖޭގެ ތާރީޚު ލިޔާންފެށީއްސުރެ މިއަދާ ހަމައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ ގައުމާ ރައްޔިތުންނަށް ޣައްދާރުވި ވެރިޔަކު ތާރީޚު ދެކެފައި ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އިޓްލޮސް އިން ހުކުމް ކުރީ ދިވެހިން ބޭނުންވާ ގޮތަކަށް ނޫން. ގައުމުގެ ޣައްދާރުން ބޭނުންވި ގޮތަށް." ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދުރޭ ވިދާޅުވި އެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ސަރަހައްދެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެެވެ. ޗާގޮސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މިރޭ ވަނީ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު