އިޓްލޮސްގެ މައްސަލައާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހައްލު ހޯއްދެވީ 58 އަހަރުވީ ދިގު މައްސަލައަކަށް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި މިއަދު ހުކުމެއް އިއްވުމުންނެވެ.

މަހްލޫފް މިއަދު ވިދާޅުވީ ‏ރައީސް ސާލީހު މަޑުން ހުންނަވާފައި އަނެއްކާވެސް ރިއެކްޓް ކުރައްވައިފި ކަމަށެވެ.

މަހްލޫފް ވިދާޅުވީ މީގެކުރިން އެއްވެސް ސަރުކާރަކަށް ހައްލު ނުހޯދިއޮތް 58 އަހަރަށް ދިގުލައިގެން ދިޔަ މައްސަލަ، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް އަދި ރައްޔިތުންނަށް މޮޅުވާގޮތަށް ކާމިޔާބު ކޮށްފައިވާ ކަމަށެވެ.



ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް އެކި ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލާގައި މިއަދު ނިންމާފައިވަނީ ރާއްޖެއިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު