އަހުމަދު މަސްނޫމް   28 އޭޕްރީލު 2023 - 16:56
ޗަގޯސް "ދެބޯގެރި" ދިޔައީ ޗޮކުން ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އިދިކޮޅު ފަރާތްތަކަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން ރާއްޖެއިން ބޭނުންވި ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ވަނީ ހުކުމްކޮށްފައެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިގެންދާނެއެެވެ.



އިޓްލޮސްގެ ނިންމުން މިއައީ ޗާގޮސްއަށް މޮރިޝަޝްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިރޭ ޗަގޯސް ނަމުގައި ބޮޑު ޖަލްސާ އެއް ބާއްވަން ތައްޔާރުވަމުންދަނިކޮށެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ "ޗަގޯސް ދެބޯގެރި ދިޔައީ ޗޮކުން ކަމަށެވެ. މައުސޫމް ވަނީ އެެހެން ދެބޯގެރި އެއް ހޯދުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

"‏ޗަގޯސް ދެބޯގެރި ޗޮކުން، ސެޕްޓެމްބަރު 9 މިހާރު ވަރަށް ކައިރިވެއްޖެ! އަވަހަށް އެހެން ދެބޯގެރިއެއް ހޯދާ!" އަންނަ ރިޔާސީ އިންތިޚާބަށް އެހެން ވާހަކައެއް ހޯދުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައި މައުސޫމް ވިދާޅުވިއެވެ.

ދިވެހި ބަހުގެ ރަދީފުގައި ބުނާގޮތުން ދެބޯގެރި ދުއްވުމަކީ ކަމެއްގެ ވާހަކަ އޮއްބައިލުމަށް ބޮޑުކޮށްގެން އެހެން ވާހަކައެއް ފަތުރައިގެން ދެއްކުމެވެ.‎



ކިޔުންތެރިންގެ ހިޔާލު