އެއްވެސް މީހަކާ މެދު ނުހައްގު ޝަރީއަތެއް ކޮށްފާނެ ކަމުގެ ބިރުވެރިކަމެއް މިހާރު ނޯންނާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެެވެ.
ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، މީގެ ހަޔެެއްކަ އަހަރު ކުރިން ރާއްޖޭގައި އޮތް ބިރުވެރިކަން މިހާރު ނެތް ކަމަށެވެ. އެގޮތުން އެއްވެސް ހަމަޔެެއް ލަމަޔެެއް ނެތި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މީހުން ހިފާ ހައްޔަރުކޮށް ނުހައްގު ޝަރީއަތެެއް ހިންގައި ނުހައްގު ހުކުމެއް ކޮށްފާނެ ކަމުގެ ބިރުވެރިކަމެއް މިހާރު ނެތް ކަމަށް ނަޒީރު ވިދާޅުވިއެވެ.
"ކޮންމެއިރަކު ވެސް ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން އައިސް އެއްވެސް ހަމަޔެއް ލަމަޔެއް ނެތި މީހަކު ހައްޔަރުކޮށް ސުވާލުކޮށްފާނެ ކަމުގައި ނޫނީ ޖަލުގައި ބަންދުވެދާނެ ކަމުގައި ނޫނީ މީހަކު ފާޅުކުރާ ޚިޔާލަކުން އެމީހަކާއި ދޭތެރޭގައި ނުހައްގުން ހުކުމެއްކުރެވި، ޝަރީއަތް ހިންގަފާނެ ކަމަށް އޮންނަ ބިރުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި މިހާރަކު ނެތް." ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވިއެވެެ.
އޭނާ ވިދާޅުވީ ހިނގަމުން މިދާ ރިޔާސީ ދައުރުގައި ދިވެހިން މިދެކޭ މި ދުވަސްތަކަކީ ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދެކޭ އެންމެ އަމާން ދުވަސްވަރު ކަމަށެވެ. އަދި ދިވެހިން ތަޖުރިބާ ކުރަމުން މިދަނީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި އަމާންކަން އެންމެ ބޮޑަށް ހިފެހެއްޓިފައި އޮތް ދުވަސްވަރު ކަމަށް ނަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޒީރު ވިދާޅުވީ ސަރުކާރުން ކުރި މަސައްކަތްތަކާއެކު ރާވައިގެން ކުށް ހިންގާ ގުރޫޕްތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ. ނަޒީރު ވިދާޅުވީ ރާއްޖޭގެ ހަމަޖެހުން ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށެވެ.
އެގޮތުން ކުރިއަށްއޮތް ތާގައި ތަމްރީން ހިންގާނީ ގާނޫނު ތަންފީޒު ކުރާ އިދާރާތައް އެކުގައި ކަމަށް ނަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ކުށުގެ ބިރުވެރިކަން ނައްތާލައި އިގްތިސާދީ ތަރައްގީ ގެނެވޭނީ ސިޔާސީ ގޮތުން ގައުމުގައި ހަމަޖެހުން ގާއިމްވެ އޮވެގެން ކަމަށް ނަޒީރު ވިދާޅުވިއެވެ.
"އަބަދު އެތެރޭގައި ކޯޅޭ ސަރުކާރެއް އޮވެގެންނެއް ނޫނީ އަބަދު ވަޒީރުންނާއި މުވައްސަސާތައް ހިންގަން ތިބި މީހުން ކޮންމެ ހައެއްކަ މަހަކުން ބަދަލުވާ ހާލަތެެއް އަޅުގަނޑުމެންގެ ތެރޭގައި އޮވެގެންނެއް މި ކުރެވޭ މަސައްކަތްތައް މިގޮތުގައި ނުކުރެވޭނެ، އަދި ކުރަން ރާވާފައި ހުރި ކަންތައްތަކެއް ވެސް ނުކުރެވޭނެ، އެހެންވީމާ މި ސިޔާސީ ހަމަޖެހުން ރާއްޖޭގައި ގަރާރުވެ ގާއިމްވެފައި އޮތުމަކީ ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި މިހުރި މައްސަލަތައް ވެސް ކުށުގެ ވެށި ނައްތާލުމަށް ކަމަށް ވިޔަސް، މަސްތުވާތަކެތީގެ މައްސަލަ ކަމަށް ވިޔަސް އަދި ރާއްޖޭގައި މި އުއްމީދު ކުރާ އިގްތިސާދީ ތަރައްގީ ވެސް، މިހުރިހާ ކަމަކާއި ގުޅި ލާމެހިފައި އޮތީ ރާއްޖޭގައި ސިޔާސީ ގޮތުން ހަމަޖެހުން ގާއިމްވެފައި އޮތުން." މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލެޓެއްގައި ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ނަޒީރު ވިދާޅުވިއެވެ.
ނަޒީރު މިހެން ވިދާޅުވި ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމިނަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށާއި އެމަނިކުފާނާއި މެދު ހިންގަނީ ނުހައްގު ޝަރީއަތެއް ކަމަށް އިދިކޮޅު ޕީޕިއެމް-ޕީއެންސީ ކޯލިޝަނުން އަންނަނީ ބުނަމުންނެެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މިހާރު ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނާގޮތުގައި ޔާމިންގެ މައްޗަށް ޝަރީއަތް ހިންގައި ޖަލު ހުކުމެއް އިއްވާފައިވަނީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމަށެވެ. އަދި ބޮޑު ޚިޔާނަތުގެ މައްސަލައިގައި ޔާމިންގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާ ތަކެއް ކަމަށް ވެސް އިދިކޮޅު ކޯލިިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު