ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އައްޑޫއަށް ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭގެ ވަގުތެއްގައި އައްޑޫއަށް ވަޑައިގަތީ މިއަދު އައްޑޫ ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެންނެވުމުން ގަން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އައްޑޫ ކައުންސިލްގެ މެމްބަރުންނެވެ.
ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމުކުރާ މި އިވެންޓް އޮންނާނީ މި މަހުގެ 28-30 އަށް ހިތަދޫގަ އެވެ. ފެސްޓިވަލް ކުރިއަށް ދާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގަ އެވެ.
ކޮރަލް ފެސްޓިވަލް ބާއްވަނީ ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ މުހިންމުކަން ދެނެގަތުމާއި އަދި އެ ތަކެތި ރައްކާތެރިކޮށް، ދިވެހިންގެ ހިތުގައި މުރަކައިގެ މުހިންމުކަން އަންގައި ދިނުމަށެވެ.
މިފެސްޓިވަލުގައި މުރަކައިގެ ތަޖުރިބާކަރުންނާއި، ކަމާގުޅުން ހުރި ރާއްޖޭގެ ޖަމިއްޔާތަކާއި، ސިޔާސީ ލީޑަރުންގެ އިތުރުން މެރިން އީކޯ ސިސްޓަމުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.
މި ފެސްޓިވަލުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ބަގީޗާތައް ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރާގޮތަށް ހަމަޖެހިފައިވާއިރު މިއުޒިކާއި ސަގާފަތާއި، ދެކުނުގެ ކާބޯތަކެތީގެ ސްޓޯލްތަކާއި، ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްޓޯލްތައް ވެސް ފެސްޓިވަލްގެ ތެރޭގައި ހުރެ އެެވެ.

ކިޔުންތެރިންގެ ހިޔާލު