ގއ.ވިލިނގިލީގައި ދުވާ ޓްރެކެއް ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ.

ގއ. ވިލިނގިލީގައި ދުވާ ޓްރެކެއް ތަރައްޤީކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޔޫތު މިނިސްޓްރީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.



މި މަޝްރޫއުގެ ދަށުން ކާބަސް ސްޓޯން ޖަހައި، ޓްރެކް ވެލިގަނޑު އެއްވަރުކޮށް، ދުވާ ލޭނެއް އަޅާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރާ ތާރީހުންވެސް ފެށިގެން 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު