މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.

މުލަކަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓް ތަރައްޤީކުރަނީ އަތޮޅު ވެރިކަން ކުރާ ރަށް މ.މުލީގައެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެނެވެ. މި މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ އެއަރޕޯޓް ރަންވޭ ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ރަންވޭގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އެބީސީ ލޭޔަރ އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.



އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު އެއަރޕޯޓް ފަޔަރ ބިލްޑިންގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި މިވަގުތު ޓަރމިނަލް ބިލްޑިންގެ މަސައްކަތާއި، ފަޔަރ ޕޮންޑްގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މީމު އެއަރޕޯޓުގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެކެވެ.

ރަންވޭގެ އިތުރުން ޓެކްސީވޭއާއި، ފްލައިޓް ޕާކިން އޭރިއާއަކާއި، ޓަރމިނަލް އިމާރާތް އެޅުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު