ކޮވިޑުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭނުންކުރެއްވި އިޤްތިޞާދީ "ފޯމިއުލާ" ހޯދަން އެދުނު ޤައުމުތައް ފަސް ދުވަސް ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމާއި ގުޅޭ ލިޔެކިޔުންތައް އަދިވެސް ލިބިފައިނުވާކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ކޮވިޑުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭނުންކުރެއްވި އިޤްތިޞާދީ "ފޯމިއުލާ" ހޯދަން އެދުނު ޤައުމުތައް ފަސް ދުވަސް ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ 25 އޭޕްރީލް ވީ އަންގާރަ ދުވަހު ބޭއްވި ހުޅުވާލެވިފައިވާ ބައްދަލުވުމުގައެވެ.

މި މައްސަލައަކީ ނޫސްވެރިޔަކު ހޯދަން އެދުނު މައުލޫމާތެއް ނުދީގެން ކޮމިޝަނަށް ހުށަހެޅި މައުލޫމާތެކެެވެ. ނަމަވެސް އެ މަޢުލޫމާތަކީ، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ބަދަލުކުރެވޭ މަޢުލޫމާތެއްކަމާއި އަދި ޤާނޫނުތަކާއި ޤަވާއިދުތަކާއި މުއާހަދާތަކަށް ރިޢާޔަތް ކުރާއިރު އެ މައުލޫމާތަކީ ހިއްޞާކުރެވެން ނެތް މަޢުލޫމާތެއްކަން ނޫސްވެރިޔާއަށް ލިޔުމުން އަންގަވާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި މިނިސްޓްރީގެ މި ނިންމުމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ފޮރިން އެފެއާޒްގެ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 25 އޭޕްރީލް ވީ އަންގާރަ ދުވަހު ބޭއްވި ހުޅުވާލެވިފައިވާ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއަށް މަޢުލޫމާތު ހާމަކުރުމަށް ދީފައިވާ މުހުލަތު 5 ދުވަސް ތެރޭގައި ހަމަވާއިރު، މިއަދާ ހަމައަށް ވެސް، އެބައްދަލުވުމުގައި އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ ލިޔެކިޔުންތައް އެއޮފީހުން ފޮރިން މިނިސްޓްރީއަށް ފޮނުވާފައި ނުވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު