ބުރުންޑީއާއި ރާއްޖެއާ ދެމެދު ވިސާ ނުނަގާ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމެއްގަައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދގައި ހުންނަވާ ރާއްޖޭގެ ސަފީރު ތިލްމީޒާ ހުސައިންއެވެ. ބުރުންޑީ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދގައި ހުންނަވާ ބުރުންޑީގެ ސަފީރެވެ.
ވިސާ އެއްބަސްވުމުގައި ސޮޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އދ.ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ.
އދގައި ހުންނަވާ ރާއްޖޭގެ ސަފީރު ތިލްމީޒާ ހުސައިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ގުޅުންތައް ބަދަހިވުމަށް މަގުފަހިވެގެންދާނެކަމަށެވެ.
އދގައި ހުންނަވާ ބުރުންޑީގެ ސަފީރުވެސް ވަނީ ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ޤައުމުން ބޭނުންވާކަން ހާމަކުރަށްވާފައެވެ.
ރާއްޖެއިން ދަނީ ގިނަ ޤައުމުތަކަކާއި އެއްކޮށް ވިސާގެ އެއްބަސްވުންތައް ޤާއިމްކުރަމުންނެވެ. އެކަމުގެ ސަބަބުން ދިިވެހިންނަށް ވިސާ ނުނަގާ ދަތުރުކުރެވޭ ޤައުމުތައް ވަނީ އިތުރުވެފައެވެ.

Maldives and Burundi Sign a Visa Waiver Agreement
— Ministry of Foreign Affairs 🇲🇻 (@MoFAmv) April 26, 2023
📃 Press Release | https://t.co/bKBcpuwG6s pic.twitter.com/cgYMH1QQmD
ވިސާ އެއްބަސްވުމުގައި ސޮޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އދ.ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ.
އދގައި ހުންނަވާ ރާއްޖޭގެ ސަފީރު ތިލްމީޒާ ހުސައިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ގުޅުންތައް ބަދަހިވުމަށް މަގުފަހިވެގެންދާނެކަމަށެވެ.
އދގައި ހުންނަވާ ބުރުންޑީގެ ސަފީރުވެސް ވަނީ ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ޤައުމުން ބޭނުންވާކަން ހާމަކުރަށްވާފައެވެ.
ރާއްޖެއިން ދަނީ ގިނަ ޤައުމުތަކަކާއި އެއްކޮށް ވިސާގެ އެއްބަސްވުންތައް ޤާއިމްކުރަމުންނެވެ. އެކަމުގެ ސަބަބުން ދިިވެހިންނަށް ވިސާ ނުނަގާ ދަތުރުކުރެވޭ ޤައުމުތައް ވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު