އިންޑިއާގެ ހައިކޮމިޝަނުގެ އައު އޮފީހަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އިންޑިއާގެ ހައިކޮމިޝަނުގެ އައު އޮފީސް ހުންނަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. ކުރިން މިއީ މާލޭގައި ހުންނަ ތަނެކެވެ.

ޝާހިދު ވިދާޅުވީ އިންޑިއާ ސަފީރު މަނޫ މަހާވަރުގެ ދަޢުވަތަކަށް ހުޅުމާލޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނަށް މިއަދު ކުރެއްވި ޒިޔާރަތުގައި، ސަފީރާއި އިންޑިއާ ހައިކޮމިޝަންގެ ޓީމާ ބައްދަލުކުރެއްވިކަމަށެވެ. އަދި ދެޤައުމުގެ ދެދެމުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރަށްވައި އެކަމަށް ޝުކުރު އަދާކުރެއްވިކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.



މި ސަރުކާރުގައި އިންޑިއާއި ރާއްޖޭގެ ގުޅުން ދަނީ ވަރަށް ބޮޑަށް ބަދަހިވަމުންނެެވެ. އަދި އެ ގުޅުމުގެ ތެރެއިން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު