ހައްޖާއި އުމްރާ ގްރޫޕްތަކުގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ އިހުމާލު ވަރަށް ބޮޑުކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވީ ރާއްޖެއިން މި ރޯދަމަހު އުމްރާއަށް މީހުން ގެންދިޔަ ބައެއް ގްރޫޕްތަކުގެ ފަރާތުން ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ޑރ. އިޔާޒު ވިދާޅުވީ ހައްޖާއި އުމްރާ ގްރޫޕްތަކުގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު އިހުމާލެއް އެބައޮތްކަމަށެވެ. އިޔާޒު ވިދާޅުވީ ޕްރޮޕޯސަލްގައި ޖަހާފައިހުރި ޚިދުމަތްތައް އެއަގަށް ނުދެވޭނެކަން ޔަޤީންވާއިރުވެސް އެފަދަ ކުންފުނިތަކަށް ހުއްދަދޭކަމަށެވެ.
"ބުނާކަހަލަ، ޕްރޮޕޯސަލް ކާމިޔާބު ކުރުމަށް ކުޑައަގެއް ޖަހާށޭ. ފަހުން ބޮޑު އަގު ނެގިދާނެޔޭ." އިޔާޒު ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ މިއީ ވަރަށް ހިތާމަހުރި މައްސަލައެއްކަމަށެވެ. އަދި މަކަރާއި ޙީލަތް ނުހަދާ ތެދުވެރިކަމާއިއެކު އުޅެން މަގުދައްކަންތިބި ފަރާތްތަކުން ވައްކަން ފެނުމަކީ ދެރަކަމެއްކަމަށެވެ.
މި ރޯދަމަހު އުމްރާއަށް މީހުން ގެންދިޔަ ބައެއް ގްރޫޕްތަކުގެ ފަރާތުން ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ބައެއް ގްރޫޕްތަކަށް ވަނީ ވިސާގެ މައްސަލަ ދިމާވެފައެވެ. އަދި ބައެއް ގްރޫޕްތަކަށް ވަނީ ފްލައިޓް ހަމަޖެއްސުމުގައި ފައިސާގެ މައްސަލަތައް ކުރިމަތިވެފައެވެ.

މިމައްސަލާގައި @MVIaffairs ގެ އިހުމާލު ވަރަށް ބޮޑުކަން ހިތާމައާއި އެކު ފާހަގަ ކުރަންޖެހޭ. ޕްރޮޕޯސަލްގައި ޖަހާފައިހުރި ޚިދުމަތްތައް އެއަގަށް ނުދެވޭނެކަން ޔަޤީންވާޙާލު، އެފަދަ ކުންފުނިތަކަށް ހުއްދަދޭތީ މައްސަލަ އަކީ. ބުނާކަހަލަ "ޕްރޮޕޯސަލް ކާމިޔާބު ކުރުމަށް ކުޑައަގެއް ޖަހާށޭ. https://t.co/TSeJiIiP3s
— Dr.Mohamed Iyaz (@dr_iyaz) April 25, 2023
އިޔާޒު ވިދާޅުވީ މިއީ ވަރަށް ހިތާމަހުރި މައްސަލައެއްކަމަށެވެ. އަދި މަކަރާއި ޙީލަތް ނުހަދާ ތެދުވެރިކަމާއިއެކު އުޅެން މަގުދައްކަންތިބި ފަރާތްތަކުން ވައްކަން ފެނުމަކީ ދެރަކަމެއްކަމަށެވެ.
މި ރޯދަމަހު އުމްރާއަށް މީހުން ގެންދިޔަ ބައެއް ގްރޫޕްތަކުގެ ފަރާތުން ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ބައެއް ގްރޫޕްތަކަށް ވަނީ ވިސާގެ މައްސަލަ ދިމާވެފައެވެ. އަދި ބައެއް ގްރޫޕްތަކަށް ވަނީ ފްލައިޓް ހަމަޖެއްސުމުގައި ފައިސާގެ މައްސަލަތައް ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު