އެކްސިޑެންޓްވެގެން ރޭ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް އަދިވެސް ފަރުވާ ނުދެވޭކަމަށް އާއިލާއިން ބުނެފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 ސައިކަލް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ ދެމަފިރިއަކަށެވެ. އޭގެތެރެއިން އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި ވަގުތުން ސާޖަރީ ހަދަންޖެހޭކަމަށް ހޮސްޕިޓަލުން ވަނީ އަންގާފައިކަމަށް އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނީ ސާޖަރީއަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްފަހު ވީއެންމެ އަވަހަކަށް ސާޖަރީ ހަދާނެކަމަށް ހޮސްޕިޓަލުން އާއިލާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްފަހުވެސް ސާޖަރީ ހެދުން ލަސްވާތީ ސުވާލުކުރުމުން އެކި އެކި ވަގުތުތައް ދެމުން ގޮސް ހެނދުނު 8:00 ޖެހިއިރުވެސް ސާޖަރީ ހަދާ ޑޮކްޓަރު ހޮސްޕިޓަލަށް ނާންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
އެކަމާއި ގުޅިގެން ސުވާލުކުރުމުން ޑޮކްޓަރު ނިދާފައި އޮވެދާނެކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށް އާއިލާއިން ބުނެެއެވެ. އަދި ސާޖަރީ ކުރެވޭނެ އިރެއްވެސް ނޭނގޭކަމަށާއި، އެކަންވާނީ ޑޮކްޓަރު އައުމުންކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނީ ހޮސްޕިޓަލުގެ އިސް ބޭފުޅަކާއި ބައްދަލު ކުރަންެ ބެލިއިރު އެކަމުގައި މަގެއް ދެއްކޭނެ ވަރުގެ ބޭފުޅަކާއި ދިމާނުވިކަމަށެވެ. އަދި އިތުރު ހޮސްޕިޓަލަކަށް ދިޔަސް އަނިޔާ ލިބިފައިވާ އަންހެން މީހާއަށް ފަރުވާ ނުލިބޭނެކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވާކަމަށް އާއިލާއިން ބުނެއެވެ.
މިއެކްސިޑެންޓްގައި އަނިޔާ ލިބުނު އަންހެން މީހާގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކްސިޑެންޓްގައި ދެން ހިމެނޭ މީހުންނަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު